ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ރަމަޟާންމަހު ގައްދޫގެ މިސްކިތްތައް އާބާތުރަފިލުވައި މަރާމާތު ކުރުމާއި، ރޯދަ ވީއްލުމަށް ބޭނުންވާ ތަކެތި އަދި އިމާމުވެ ތަރާވީސް ނަމާދުކުރުމަށް ހާފިޟުން ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭ

އެހެނިހެން އަހަރުތަކޭ އެއްފަދައިން މިއަހަރުގެ ރަމަޟާންމަހު ގައިވެސް ގައްދޫގެ މިސްކިތްތައް އާބާތުރަފިލުވައި މަރާމާތު ކުރުމާއި، ރޯދަ ވީއްލުމަށް ބޭނުންވާ ތަކެއްޗާއި އަދި  އިމާމުވެ ތަރާވީސް ނަމާދުކުރުމަށް ހާފިޟުން ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު ކައުންސިލުން ހުޅުވާލަމެވެ.

މިސްކިތްތައް އާބާތުރަފިލުވައި މަރާމާތު  ކުރުމުގައާއި އަދި ހާފިޟުން ގެނައުމުގެ  އެހީތެރިކަން ފޯރުކޮށްދިނުމުގައި އެފަރާތަކުން ވަކި ޚާއްޞަ މިސްކިތެއް އިޚްތިޔާރު ކުރެވިދާނެއެވެ. ތަކެތިން އެހީތައް ފޯރުކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލް އިދާރާގެ ކައުންޓަރާއި އެތަކެތި ހަވާލު ކުރުމަށާއި އަދި ފައިސާއިން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ކައުންސިލްގެ އެކައުންޓް ނަންބަރަށް ފައިސާ ޖަމާކޮށް، ފައިސާ ޖަމާކުރިކަމުގެ ސްލިޕް ކައުންސިލްގެ ވައިބަރ ނަންބަރަށް ފޮނުއްވުމަށް ދަންނަވަމެވެ.

 

ACCOUNT NAME: 1470-KHARADHU-02

ACCOUNT NUMBER: 7710700393004

VIBER: 7211233 | 7905301

 

މިބާވަތުގެ ކަންކަމުގައި އަބަދުވެސް، ހެޔޮއެދޭ ފަރާތްތަކުން ދެއްވަވާ ދީލަތި އެހީތެރިކަމަށް  ކައުންސިލުން އިޙްތިރާމާއިއެކު ޝުކުރުވެރިވާ ވާހާކަ ދަންނަވަމެވެ.        

15 ޖަނަވަރީ 2025
ހޯދާ