ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރު ދޫކުރި ބަންޑާރަ ގޯތިތައް ހިމެނޭ މަގުތަކާއި ގޯޅި މަގުތަކުގެ ރުއްގަހުގެ ވެރިފަރާތް ކަށަވަރު ކުރުމާއި ގުޅޭ

ނަންބަރު:(IUL)253-OU-08275/253/2025/2

 

2024 ވަނަ އަހަރު ދޫކުރި ބަންޑާރަ ގޯތިތައް ހިމެނޭ މަގުތަކާއި ގޯޅި މަގުތަކުގެ ރުއްގަހުގެ ވެރިފަރާތް ކަށަވަރު ކުރުމާއި ގުޅޭ

    ދިރިއުޅުމަށްޓަކައި 2024 ވަނަ އަހަރު މި ރަށުން ދޫކޮށްފައިވާ ބަންޑާރ ގޯތިތައް ހިމެނޭ ސަރަޙައްދުގައި ވަށައިގެންވާ ގޯޅި މަގުތަކާއި މިރަށު މިރިޔަސްމަގު ގައިހުރި ރުއްގަހުގެ ބަދަލު ދިނުމުގެ މަސައްކަތް މިކައުންސިލުންދަނީ ކުރަމުންނެއެވެ.

     އެގޮތުން އެސަރަޙައްދުގައި ހުރި ބައެއް ރުއްގަސްތަކުގައި ނަމެއް ނުވަތަ ނަންބަރެއް ނެތުމާއި އަދި ނަންބަރު ޖަހާފައި ހުރި ބައެއް ރުއްގަސްތަކުގެ ނަންބަރު ރަނގަޅަށް ފާހަގަނުވުމުން އެރުއްގަހުގެ ވެރިފަރާތް ދެނެގަތުމަށް އުނދަގޫވެއެވެ. އެހެންކަމުން ބަދަލުގައި ފައިސާ ހަވާލުކުރާއިރު އެފަދަ ރުއްގަހަށް ބަދަލު ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. މި ދެންނެވި ސަރަޙައްދުގައި ހުރިރުއްގަހުގައި މި ކައުންސިލުން ވާނީ ނޫކުލައިގެ ދަވާދުން ނަންބަރުޖަހާ ބޮޅުއަޅާފައެވެ.

     ވީމާ، ދެންނެވިފައިވާ ސަރަޙައްދުތަކުގައި ކައުންސިލުން ފާހަގަކޮށްފައިވާ ރުއްގަސްތަކުގައި އެގެއެއްގެ ނަން ފާޅުވާ ގޮތަށް ޖެހުމަށްފަހު 23 ޖަނަވަރީ 2025 ވަނަ ދުވަހުގެ 13:00 ކުރިން މި އިދާރާއަށް ދުރުވެ ރުއްގަހުގެ އަދަދާއި ކައުންސިލުން އެ ރުއްގަހުގައި ޖަހާފައިވާ ނަންބަރު ނޯޓް ކުރެއްވުން އެދެމެވެ. އަދި ވެރިފަރާތް ސާފުނުވުމުގެ ސަބަބުން ރުއްގަހަށް ބަދަލު ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށްވާތީ ދީފައިވާ މުއްދަތުގެ ތެރޭގައި ރުއްގަހުގައި ނަންބަރު ޖެހުމާއި ރުއްގަސް ނޯޓް ކުރެއްވުމަށް ސަމާލުކަންދެއްވުން އެދެމެވެ.

 ވީމާ،މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 15 ރަޖަބު     1446

 15 ޖަނަވަރީ    2025

15 ޖަނަވަރީ 2025
ހޯދާ