ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލީގަލް ކޮންސަލްޓަންޓް

މިއޮތޯރިޓީއާގުޅޭ ޤާނޫނީ ކަންކަމުގައި ލަފާދެއްވާނެ ލީގަލް ކޮންސަލްޓަންޓެއް ބޭނުންވެއެވެ.

ބޭނުންވާ އަދަދު: 01 (އެކެއް)

މުއްދަތު: (އޮގަސްޓު 2015 އިން ޑިސެންބަރު 2015 އަށް)

ޝަރުޠު:

ޤާނޫނީ ދާއިރާއިން ބެޗެލަރސް ޑިގްރީ އެއް ހާސިލުކޮށްފައިވުން އަދި މަދުވެގެން 01 (އެކެއް) އަހަރު ދުވަހު ކޯޓުތަކުގައި ވަކަލާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން  

އަދާކުރަންޖެހޭ މަސްއޫލިއްޔަތު

އޮތޯރިޓީގެ މަސައްކަތްތަކާގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކާ ގުޅޭގޮތުން ޤާނޫނީ ލަފާދިނުމާއި އަދި ޤާނޫނާއި ގަވާއިދު އެކުލަވައިލުމުގެ މަސައްކަތްކުރުން

އުޖޫރަ:

މަހަކު -/10,000ރ (ދިހަހާސް ރުފިޔާ)

މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ އެޓެސްޓްކޮށްފައި)
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެ ކޮޕީ

މި އިޢުލާނާއި ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މީގެ އިތުރުން މި ފުރުޞަތު ދެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކާއި އިންޓަރވިއު، އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

މިިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 29 ޖުލައި 2015 ވާ ބުދަ ދުވަހުގެ 14:30ގެ ކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ/ އެމް.ޓީ.ސީ.ސީޓަވަރ، 4 ވަނަފަންގިފިލާ

ބޮޑުތަކުރުފާނުމަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް: 3336624

އީމެއިލް: [email protected]

29 ރަމަޟާން 1436

16 ޖުލައި 2015
ހޯދާ