ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ގެވެށި އަނިޔާ ހުއްޓުވުމާއި އަނިޔާގެ މައްސަލަތަކަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދެވޭ "ޓްރެއިނިންގ އޮފް ޓްރެއިނަރސް" ޕުރޮގުރާމުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައި

އިޢުލާން

ގެވެށި އަނިޔާ ހުއްޓުވުމާއި އަނިޔާގެ މައްސަލަތަކަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ޓްރެއިނަރުން ތަމްރީނު ކުރުމަށްޓަކައި، "ޓްރެއިނިންގ އޮފް ޓްރެއިނަރސް" ޕުރޮގުރާމެއް މި އަހަރުގެ ފެބުރުވަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް މި އޮތޯރިޓީން ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ވީމާ، މި ޕުރޮގުރާމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި އިޢުލާނާއެކު ޝާއިޢު ކޮށްފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، 2025 ޖަނަވަރީ 26 ގެ މެންދުރު 12:00 ގެ ކުރިން މި އޮތޯރިޓީގެ އީމެއިލް [email protected] އަށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.

15 ޖަނަވަރީ 2025
ހޯދާ