މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ބިޒްނަސް ޑިވެލޮޕްމަންޓް އެގްޒެކެޓިވް

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

 (IUL)MMPRC-HR/1/2025/7 :އިޢުލާން ނަންބަރު

 

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: އެސިސްޓެންޓް ބިޒްނަސް ޑިވެލޮޕްމަންޓް އެގްޒެކެޓިވް

މުސާރަ (މަހަކު): -/6,809 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,383 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/2,043 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ބިޒްނަސް ޑިވެލޮޕްމަންޓް

ބޭނުންވާ އަދަދު: 1

1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 (އެޑްވާންސް ސެޓްފިކެޓް) ގެ ސަނަދެއް ގުޅޭ ދާއިރާއަކުން ހާސިލްކޮށްފައިވުން (ނުވަތަ)،

ށ. އޭލެވެލް ފުރިހަމަކޮށްފައިވުން (ނުވަތަ)،

ނ. އޯލެވެލް ފުރިހަމަކުރުމާއެކު، ގުޅޭ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ހ. ޕްރޮޕޯޒަލްތަކާއި، ޕްރެޒެންޓޭޝަންތައް އަދި ރިޕޯޓުތައް ތައްޔާރުކުރުމުގައި އެހީތެރިވުން.

ށ. ކްލައިންޓުންގެ ޑޭޓާބޭސް ބެލެހެއްޓުމާއި އަޕްޑޭޓްކުރުން.

ނ. ބައްދަލުވުންތަކާއި، އިވެންޓްތަކާއި، އެޕޮއިންޓްމަންޓްތައް ރާވައި ތާވަލުކުރުން.

ރ. ކްލައިންޓުންނާ ގުޅުން ބަދަހިކުރުމާއި ކްލައިންޓް އެންގޭޖްމަންޓްގައި ބިޒްނަސް ޑިވެލޮޕްމަންޓް ޓީމަށް އެހީތެރިވުން.

ބ. ސޭލްސް ކޯލްތަކުގައި އެހީތެރިވުން.

ޅ. ބިޒްނަސް ޑިވެލޮޕްމަންޓް ސްޓްރެޓެޖީތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި އެހީތެރިވުން.

ކ. ބިޒްނަސް ޑިވެލޮޕްމަންޓް ހަރަކާތްތަކާއި ނަތީޖާތައް ޓްރެކްކޮށް ރިޕޯޓުކުރުން.

އ. ބިޒްނަސް ޑިވެލޮޕްމަންޓްގެ މަސައްކަތްތައް އެއްހަމަކުރުމަށް އެހެން ޑިޕާޓްމަންޓްތަކާ ގުޅިގެން މަސައްކަތްކުރުން.

ވ. ބިޒްނަސް ޑިވެލޮޕްމަންޓް ޓީމަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

20 ޖެނުއަރީ 2025 ވާ ހޯމަ ދުވަހުގެ 15:15 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5. އިތުރު މަޢުލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 

6. އެޑްރެސް ކުރައްވާނީ:

އިބްރާހީމް ޝިޢުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

14 ޖަނަވަރީ 2025
ހޯދާ