މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ބިޒްނަސް ޑިވެލޮޕްމަންޓް އެގްޒެކެޓިވް

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

 (IUL) MMPRC-HR/1/2025/6: އިޢުލާން ނަންބަރު

 

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ބިޒްނަސް ޑިވެލޮޕްމަންޓް އެގްޒެކެޓިވް

މުސާރަ (މަހަކު): -/8,284 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,899 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/2,485 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ބިޒްނަސް ޑިވެލޮޕްމަންޓް

ބޭނުންވާ އަދަދު: 1

1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވުން (ނުވަތަ)،

ށ.ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 (އެޑްވާންސް ސެޓްފިކެޓް) ހާސިލްކޮށްފައިވުމާއިއެކު، މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)،

ނ. ޖީ.ސީ.އީ އޯ ލެވެލް ފުރިހަމަ ކޮށްފައިވުމާއިއެކު، މަސައްކަތާއި ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ހ.  ވިޔަފާރީގެ ފުރުޞަތުތައް ދެނެގަތުމަށް މާކެޓް ރިސާރޗް ކުރުން.

ށ. ޕްރޮޕޯޒަލްތަކާއި، ޕްރެޒެންޓޭޝަންތައް އަދި ރިޕޯޓުތައް ތައްޔާރުކުރުމުގައި އެހީތެރިވުން.

ނ. ކްލައިންޓުންގެ ޑޭޓާބޭސް ބެލެހެއްޓުމާއި އަޕްޑޭޓްކުރުން.

ރ. ކްލައިންޓުންނާ ގުޅުން ބަދަހިކުރުމާއި ކްލައިންޓް އެންގޭޖްމަންޓްގައި ބިޒްނަސް ޑިވެލޮޕްމަންޓް ޓީމަށް އެހީތެރިވުން.

ބ. މާކެޓްގެ ޓްރެންޑްތަކާއި ވާދަވެރިންގެ ޙަރަކާތްތައް ދިރާސާކުރުން.

ޅ. ސޭލްސް ޓާގެޓްތައް ޙާޞިލުކުރުމާއި ޕަރފޯމަންސްގެ މިންގަނޑުތައް މޮނިޓަރކުރުން.

ކ. މާކެޓިންގ މެޓީރިއަލްތަކާއި މުވާޞަލާތީ ތަކެތި ތައްޔާރުކޮށް ބެހުން.

އ. ބިޒްނަސް ޑިވެލޮޕްމަންޓް ސްޓްރެޓެޖީތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި އެހީތެރިވުން.

ވ. ބިޒްނަސް ޑިވެލޮޕްމަންޓް ހަރަކާތްތަކާއި ނަތީޖާތައް ޓްރެކްކޮށް ރިޕޯޓުކުރުން.

މ. ބިޒްނަސް ޑިވެލޮޕްމަންޓްގެ މަސައްކަތްތައް އެއްހަމަކުރުމަށް އެހެން ޑިޕާޓްމަންޓްތަކާ ގުޅިގެން މަސައްކަތްކުރުން.

ފ. ބިޒްނަސް ޑިވެލޮޕްމަންޓް ޓީމަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.

ދ. ކޮންޓްރެކްޓްތަކާއި އެއްބަސްވުންތައް ތައްޔާރުކުރުމުގައި އެހީތެރިވުން.

ތ. ސޭލްސް ކޯލްތަކުގައި އެހީތެރިވުން.

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

20 ޖެނުއަރީ 2025 ވާ ހޯމަ ދުވަހުގެ 15:15 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5. އިތުރު މަޢުލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 

6. އެޑްރެސް ކުރައްވާނީ:

އިބްރާހީމް ޝިޢުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

14 ޖަނަވަރީ 2025
ހޯދާ