ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރެސްޓޯރަންޓް ހަދައި ހިންގުމަށް ލ. މާބައިދޫން 1300 އަކަފޫޓުގެ ބިމެއް 35 އަހަރު ދުވަހަށް ކުއްޔަށް ދިނުން

ރެސްޓޯރަންޓް ހަދައި ހިންގުމަށް ލ. މާބައިދޫން 1300 އަކަފޫޓުގެ ބިމެއް 35 އަހަރު ދުވަހަށް ކުއްޔަށް ދިނުން

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ތަނާއި ބޭނުން

ގެސްޓް ހައުސް ހަދައި ހިންގުމަށް ބޭނުންވާ ބިން ރަށުގެ ދުރުދަނޑު މަތިފުށުން އަދި ކެރެންޑޫން 1300 (ތޭރަ ސަތޭކަ) އަކަފޫޓްގެ ބިން ދޫކުރުން

ބިން ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:

35 އަހަރު ދުވަހަށް

ބިޑްފޮތް ވިއްކުން

މި ބިން ދިނުމަށް ހަމަޖެހިފައިވަނީ ބިޑްފޮތް ވިއްކައިގެންނެވެ. ބިޑްފޮތް ވިއްކާނީ 15 ޖެނުއަރީ 2025 އިން 30 ޖެނުއަރީ 2025 އަށް ސަރުކަރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 14:00 އަށް ހައްދުންމަތީ މާބައިދޫ ކައުންސިލުގެ އިދާރާއިންނެވެ.

ބިޑްފޮތް ވިއްކާ އަގު:

ބިޑް ފޮތެއް ވިއްކާނީ 3000.00 ( ތިންހާސް ރުފިޔާ) އަށެވެ.

އެހެނިހެން:

-          ބިޑް ކުރާ ހުރިހާ ފަރާތްތަކުންވެސް 20000.00 ރ. ( ވިހިހާސް ރުފިޔާ ) ގެ ބިޑް ސެކިއުރިޓީއެއް ހުށައަޅަންވާނެއެވެ. މި ބިޑް ސެކިއުރިޓީއަކީ ރާއްޖޭގައި ހިންގާ ބޭންކަކުން ނުވަތަ ސަރުކާރުން ގަބޫލްކުރާ ފައިނޭންޝަލް އިންސްޓްޓިއުޝަނަކުން ދޫކުރެވިފައިވާ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 40 ( ސާޅީސް) ދުވަހުގެ މުއްދަތަށް ޞައްޙަކަން ދެމިއޮންނާނެ ގޮތަށް ދޫކޮށްފައިވާ ބިޑް ސެކިއުރިޓީއަކަށް ވާންވާނެއެވެ.

-          ބިޑް ކާމިޔާބު ކުރެވިއްޖެނަމަ ބިން ކުއްޔަށް ލިބިގަތުމުގެ ފީ އެއްގެ ގޮތުން އެންމެ މަދުވެގެން 50000.00 ރ. (ފަންސާސްހާސް ރުފިޔާ) ކައުންސިލްއަށް ދައްކަންޖެހޭނެއެވެ. މިއީ ޤާނޫނުން ނުވަތަ ގަވާއިދުން ނުވަތަ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެހެން ހުރިހާ ފީއަކާއި އަގަކާއި ފައިސާއެއްގެ އިތުރުން ހުށައަޅާ ފީއެކެވެ.

ބިޑް ޑޮކިއުމަންޓް އިޞްލާޙުކުރުން

-          ކައުންސިލުގެ އަމިއްލަ އިޚްތިޔާރުގައި ނުވަތަ ބިޑް ހުށައަޅަން ބިޑް ފޯމް ގަނެފައިވާ ފަރާތްތަކުން ސާފުކުރަން އެދޭ މަޢުލޫމާތަކާ ގުޅިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ބިޑް ޑޮކިއުމަންޓަށް 08 ފެބްރުވަރީ 2025 ވަނަ ދުވަހުގެ މެންދުރު ފަހު 11:00 ގެ ކުރިން އިޞްލާޙު ގެނެއުމުގެ ފުރިހަމަ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

-          ކައުންސިލުން ބިޑް ޑޮކިއުމަންޓަށް ގެންނަ ކޮންމެ އިޞްލާޙެއްވެސް ބިޑް ޑޮކިއުމަންޓް ގެނެފައިވާ ހުރިހާ ފަރާތްތަކަށް ފޯރުކޯށްދެވޭނެއެވެ.

ބިޑް ހުށައަޅަންޖެހޭ ތަން:

-          ލ. މާބައިދޫ ކައުންސިލް އިދާރާ

ބިޑް ހުށައަޅާ އަދި ބިޑް ހުޅުވާ ތާރީޚް  އަދި ގަޑި

10 ފެބްރުވަރީ 2025 ވާ ހޯމަ ދުވަހުގެ 11:00

ގަޑި  ޖެހުމަށް ފަހު ހުށައަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

ބިޑް ހުށައެޅުމަށް ފޯމް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން އިތުރު މަޢުލޫމާތު ހޯދެއްވުމަށް ބޭނުންވާ ފަރާތްތައް ލިޔުމަކުން ކައުންސިލްއަށް 08 ފެބްރުވަރީ 2025 އަށް  [email protected]އަންގާރަ ދުވަހުގެ 11:00ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

ބީލަންތައް ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި ބިޑުގެ 1 އޮރިޖިނަލް އޮންނަ ގޮތަށެވެ. އެ ސިޓީއުރައިގައި ކައުންސިލުގެ އިދާރާގެ ފުރިހަމަ އެޑްރެސް އޮންނަށްވާނެއެވެ. އަދި އަންނަނިވި ޢިބާރާތް ސިޓީއުރައިގައި ކައުންސިލުގެ އިދާރާގެ އެޑްރެސް ޖަހާ ފުށުގެ އެންމެ މަތީގައި މެދަށްވާގޮތަށް ފުރިހަމައަށް ލިޔެފައި އޮންނަންވާނެއެވެ. " ޓޫރިސްޓް

ގެސްޓުހައުސް ހެދުމަށްޓަކައި ބިން ކުއްޔަށް ހިފުމަށް ހުށައަޅާ ބިޑް 10 ފެބްރުވަރީ 2025 " ސިޓީއުރައިގެ ބޭރުގައި ބިޑް ހުށައަޅާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަށްވާނެއެވެ.

އަދި ސިޓީއުރައިގެ ކަނާތް ފަރާތު މަތީކަނުގައި ބިޑްގެ ސީރިއަލް ނަންބަރު ލިޔެފައި އޮންނަށްވާނެއެވެ.

      ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

      14 ރަޖަބު 1446

14 ޖެނުއަރީ 2025

14 ޖަނަވަރީ 2025
ހޯދާ