ދިވެހިރާއްޖެ
ނަންބަރު: (IUL)303-EDMS/303/2025/05
އެންގުން
އުނގޫފާރު ކައުންސިލުން އަލަށް ދޫކުރި 56 ގޯއްޗާއި މަގުތަކަށް އަރާ ރުއްގަސް ނަގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
އުނގޫފާރު އަލަށް ދޫކުރި 56 ގޯއްޗާއި ގޯތި ހިމެނޭ މަގުތަކާއި ގޯޅިތަކަށް އަރާ 253 ރުކާއި 45 ގަސް ނަގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިއެވާ މަޢުލޫމާތާއިއެކު ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ޕްރޮޕޯސަލްގައި ހިމަނަންޖެހޭނެ މަޢުލޫމާތު
- ރުއްގަހަށް ދޭނެ އަގު:
- މަސައްކަތް ނިންމާނެ މުއްދަތު:
- މަސައްކަތް ފަށާނެ ތާރީހް:
- ސީއެސްއާރުގެ ދަށުން ކޮށްދޭނެ ކަންކަމުގެ ތަފްސީލް:
އަދި ދަންނަވަމެވެ. ރުއްގަސް ނެގުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަކީ މަސައްކަތާއި ހަވާލުވާ ފަރާތުގެ ޒިންމާއެއްކަމުގައި ދަންނަވަމެވެ.
ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ސުންގަޑި: 2025 ޖަނަވަރީ 19 (އާދިއްތަ) ދުވަހުގެ 11:00
ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ