މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓަންޓް އެކައުންޓްސް އޮފިސަރ

މިކޯޕަރޭޓިވް ގެ ތިރީގައި މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓަންޓް އެކައުންޓްސް އޮފިސަރ

ރޭންކް:

GS-2

މުސާރަ:

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2500 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެޓެންޑެންސް އެލަވަންސް:

މަހަކު -/2200 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

އިތުރުގަޑިއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ، ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން  އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު:

01

މަސައްކަތް ކުރަންޖެހޭ ތަން:

ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ) ގެ އިދާރީ އޮފީސް

މަޤާމުގެ ޤިންތި:

ދާއިމީ

ފެންވަރު ނުވަތަ ޝަރުތު:         

  • އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" އަދި "އިސްލާމް" މި މާއްދާތަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން؛

ނުވަތަ

  • މަތީ ސާނާވީ އިމްތިޙާނުން 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" އަދި "އިސްލާމް" މި މާއްދާތަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

 ނުވަތަ.

  • ސާނާވީ އިމްތިޙާނުން 04 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" އަދި "އިސްލާމް" މި މާއްދާތަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު ގުޅޭ ދާއިރާ އަކުން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • މަޑިޕޮސިޓް ސްލިޕްތައް އަދި ޕޭމަންޓް ވައުޗަރތައް ތައްޔާރުކުރުން.
  • ޗެކް ހެދުން، ޗެކްތައް ފޮތުގައި ލިޔެ ސޮއިކުރުވާ ޗެކް ޙަވާލުކުރުން.
  • އެކައުންޓް ސްޓޭޓްމަންޓްތައް ބެލެހެއްޓުން.
  • ރިކޮންސައިލް ކުރުން.
  • ފައިސާގެ ހިސާބުތައް އޮޑިޓް ކުރަންޖެހޭ ފަރާތްތަކުން އޮޑިޓްކުރުމުގައި އެހީތެރިވެދިނުން.
  • ޓެކްސްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  • ފައިސާ އާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • ގިނަ ވަގުތު ހީވާގި ކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދޭ ފޯމް (މިފޯމް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

- ސިވިލް ސަރވިސް އަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން.

ސުންގަޑި:

 

މި މަޤާމަށް އެދޭ ފަރާތްތަކުން 2025 ޖަނަވަރީ 22 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ އިދާރީ އޮފީހަށް (ޕީ.އެސް.އެމް ރޭޑިއޯ ބިލްޑިންގ، 03 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސޮސައިޓީގެ ނަންބަރު 3026134 އަށް ގުޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 15 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އަދި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރުމަޢުލޫމާތު ސާފުކުރުމަށް:

 

ހުޅަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަދަދު އެނގޭނެގޮތައް ކޮންމެ ޞަފުހާއެއްގައި ނަންބަރ ޖެއްސެވުން އެދެމެވެ.

14 ޖަނަވަރީ 2025
ހޯދާ