ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ވައިކަރަދޫ އުތުރުފަރާތު އަތިރިމަތީ ސަރަޙައްދުން 09 ބިމެއް ކުއްޔަށް ދޫކުރުން

ވައިކަރަދޫ އުތުރުފަރާތު އަތިރިމަތީ ސަރަޙައްދުން 09 ބިމެއް ކުއްޔަށް ދޫކުރުމުގެ ގޮތުން ކުރެވުނު، މި އިދާރާގެ ނަންބަރ:269/269/2024/83(IUL)(31 އޮކްޓޯބަރ 2024) ޢިއުލާން ބާޠިލްކޮށް، އަލުން އެ ބިންތައް ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި ބީލަމާ ގުޅޭ މަޢުލޫމާތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

މި ބީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 23 ޖަނަވަރީ 2025 ގެ 11:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީ ކުރައްވާފައިވާ، މި ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

  • ·         "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:https://forms.office.com/r/96L8yfxtnn
  • ފޯމް ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6520046 ފޯނާ ގުޅުއްވާ ޔަގީން ކުރަންވަން ވާނެއެވެ.

މި ބީލަމާ ގުޅިގެން ބޭއްވޭ މަޢުލޫމާތު ބައްދަލުވުން، 29 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ 11:00 ގައި ވައިކަރަދޫ ކައުންސިލް އިދާރާގައި ކުރިއަށް ދާނެއެވެ. އަދި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 3 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ވައިކަރަދޫ ކައުންސިލް އިދާރާގައެވެ.

މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މިހެންވެ މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

14 ޖަނަވަރީ 2025
ހޯދާ