ދިވެހިރާއްޖެ
ނ. ލަންދޫ ބަނދަރު ސަރަޙައްދުގައި މަސްމާރުކޭޓެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު(IUL)289/289/2024/76 (10 ޑިސެމްބަރ 2024) ގެ އިޢުލާނާއި ގުޅިގެން ހުށަހެޅި ބީލަންތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް، 22 ޖަނަވަރީ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ރެޖިސްޓްރޭޝަން ފޯމް ހުށަހެޅުއްވުމަށްފަހު، ބިޑް ފޯމް ފުރިހަމަ ކުރައްވާ، 30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6563759 ނަމްބަރު ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މި ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަކާއި، ބީލަމުގައި ރަޖިސްޓްރީވުމަށް ހުށަހަޅާ ފޯމާއެކު ރަޖިސްޓްރޭޝަން ފީ ނުދައްކާ ބީލަންތަކާއި، ގަޑިޖެހިގެން ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އަދި ދަންނަވަމެވެ. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކޮށްފައިވާ އިޢުލާނާއި ގުޅިގެން ބިޑްގައި ރަޖިސްޓްރީވުމަށްއެދި ފައިސާ ދައްކާފައިވާ ފަރާތްތަކުން، މިއިޢުލާނާއި ގުޅިގެން ބިޑްގައި ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހަޅާއިރު ބިޑް ރަޖިސްޓްރޭޝަންފީ އަލުން ދައްކަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.