ދިވެހިރާއްޖެ
އިޢުލާނު |
މަރުޙަބާ ރަމަޟާން "ނޫރުލް އަޛާން 1446" ބަންގި މުބާރާތުގެ ހޮވެލި (އޮޑިޝަން) ބޭއްވުމާ ގުޅޭ.
މިވުޒާރާގެ ނަންބަރު (IUL)142-B1/142/2024/203 11 ޑިސެންބަރު 2024 މި އިޢުލާނާ ގުޅިގެން "ނޫރުލް އަޛާން 1446" ބަންގި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކަށް ބޭއްވުމަށް ހަމަޖެހިފައިވާ ހޮވެލި (އޮޑިޝަން) އޮންނާނީ 11 ފެބުރުވަރީ 2025 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އިސްލާމީމަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. ވީމާ، މާލެސިޓީން މިމުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅުއްވާފައިވާ އުމުރުން 15 އަހަރާއި 20 އަހަރާ ދެމެދުގެ ފަރާތްތަކުން ހޮވެލިއަށް (އޮޑިޝަނަށް) ތައްޔާރުވެލައްވައިގެން 11 ފެބުރުވަރީ 2025 ވާ އަންގާރަ ދުވަހުގެ ހަވީރު 15:45 ށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމަށް ހާޟިރުވުމަށް ދަންނަވަމެވެ. ހޮވެލި (އޮޑިޝަން) ބޭއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް މިމުބާރާތުގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ދެވެންނެތް ވާހަކަ ދެންނެވީމެވެ. ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
14 رجب 1446 14 ޖަނަވަރީ 2025
|