ދިވެހިރާއްޖެ
އިޢުލާން
ތުލުސްދޫ ބަދަރުގެ ތެރޭގައި ލޯންޗްފަހަރު އެޅުމަށްޓަކައި ފާލަމެއް އަޅާދޭނެ ފަރާތެއް ހޯދުން.
ތުލުސްދޫ ބަދަރުގެ ތެރޭގައި ލޯންޗްފަހަރު އެޅުމަށްޓަކައި ފާލަމެއް އަޅާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)333/333/2025/1 އިއުލާނު ބާތިލް ކުރުމަށްފަހު، ކުރެހުމަށް ބަދަލު ގެނެސް އަލުން އިއުލާން ކުރީމެވެ.
މިއިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ ކުރެހުމާއި މިކައުންސިލުން ދޭ މަޢުލޫމާތާއިއެއްގޮތަށް ބަދަރުގެ ތެރޭގައި ލޯންޗްފަހަރު އެޅުމަށްޓަކައި އަމިއްލަތަކެތީގައި ފާލަމެއް އަޅާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޖެނުއަރީ 20 ވަނަ ދުވަހު 12:30 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ލިންކް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2025 ޖެނުއަރީ 20 ވަނަ ދުވަހު 11:00އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2025 ޖެނުއަރީ 23 ވަނަ ދުވަހު 13:00އަށް އަގުހުށައެޅުއްވުންއެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.
ލިންކް: https://forms.gle/GKSQEWK2gkB8eh337
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.