މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2025 ވަނަ ދިރާސީ އަހަރަށް އާކްޕްރީސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ
2025 ވަނަ ދިރާސީ އަހަރަށް އާކްޕްރީސްކޫލުގެ ބޭބީ ނާސަރީ އަދި ނާސަރީއަށް ވަނުމުގެ ފުރުސަތު ހުޅުވާލަމެވެ. ދަރިވަރުންނަށް ފުރުޞަތުދިމުނަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ އުޞޫލުންނެވެ.
- ނާސަރީ – 2025 މާރޗް 31 އަށް 03 އަހަރުފުރި 04 އަހަރު ނުފުރޭ ކުދިން.
- ބޭބީ ނާސަރީ – 2025 މާރޗް 31 އަށް 02 އަހަރު ފުރި 03 އަހަރު ނުފުރޭ ކުދިން.
ވީމާ، މިސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކުން 2025 ޖެނުއަރީ 30 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ފޯރމް ހުށަހެޅުއްވުން އެދެމެވެ. މިސްކޫލަށް ދަރިވަރުންވެއްދުމަށް އެދޭ ފޯރމް 19 ޖެނުއަރީ 2025 ވާ އާދިއްތަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 09:30 އިން 12:00އަށް އާކްޕުރިސްކޫލުން ލިބެން ހުންނާނެކަން އަންގާ އިޢުލާން ކުރީމެވެ.
14 ޖަނަވަރީ 2025
ހޯދާ