ދިވެހިރާއްޖެ
ބީ ޒޯންގެ ލައިސަންސް ނަގާފައިވާ ފަރާތްތަކުން 31 އޮގަސްޓް 2025 ގެ ކުރިން ޑިޖިޓަލް ލައިސަންސްއަށް ބަދަލުކުރެއްވުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އިން އަންގާފައި ވާތީ ގދ އަތޮޅު ކައުންސިލް އިން ރަތަފަންދޫއަށް ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުގައި ބީ ޒޯންގެ ލައިސަންސް ނަގާފައިވާ ފަރާތްތައް ސިމްސް ޕޯޓަލްގެ ތެރެއިން ތިއަރީ ޓެސްޓް ހެދުމާއި ޕްރެކްޓިކަލް ޓެސްޓް ދިނުމަށްފަހު މިހާރު ދޫކުރަމުންދާ އޭ ޒޯންގެ ލައިސަންސް ލިބިގެން ދާނެއެވެ. މިދަތުރުގައި ލައިސަންސް ދިނުމަށް ހަމަޖެހިފައިވަނީ ހަމަ އެކަނި ބީ ޒޯންގެ ލައިސަންސް ނަންގަވާފައިވާ ފަރާތްތަކަށެވެ.
ވީމާ، ބީ ޒޯން ލައިސަންސް ޑިޖިޓަލް ލައިސަންސް އަށް ބަދަލުކުރަން އެދިލައްވާ ފަރާތްތަކުން 19 ޖަނަވަރީ 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ވަޑައިގެން ސިމްސް ޕޯޓަލް އިން އެޕްލައި ކޮށް އަދި މީގެކުރިންވެސް ސިމްސް ޕޯޓަލް އަށް އެޕްލައި ކޮށްފައިވާ ފަރާތްތަކުން ނަން ނޯޓް ކޮށްދިނުމަށް އެދި ދަންނަވަމެވެ.