ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
ޗީފް އެކައުންޓެންޓް |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
މެނޭޖަރ - ގްރޭޑް 1 |
އަސާސީ މުސާރަ: |
މަހަކު -/12,500 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %25 - ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ % 15 - މީގެ އިތުރުން ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ، މަޤާމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ ދެވޭނެއެވެ. - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ ޢުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑްއޮފީހުގައެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، - މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ބެޗްލަރސް ޑިގްރިއެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، - މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- އެކައުންޓްސް ޕޭޔަބަލް ޓްރާންސެކްޝަންތައް ރިކޮންސައިލްކޮށް، ތަފާތުތަކެއް ހުރިނަމަ އެކަން ޙައްލުކުރުން. - ހުރިހާ ފައިސާއާއި ޚަރަދުތަކުގެ ރެކޯޑް ބެލެހެއްޓުން. - އެކައުންޓްސް ޕޭޔަބަލް ލެޖަރ ރިކޮންސައިލްކޮށް، ހުރިހާ ޕޭމަންޓްތަކެއް އެކައުންޓްކޮށް، ރަނގަޅަށް ޕޯސްޓްކޮސްފައިވޭތޯ ބެލުން. - އިންވޮއިސްތަކާއި ޕާޗޭސް އޯޑަރުތައް ބަލައިގަނެ، ރިވިއުކޮށް ޔަޤީންކުރުން. - ކުންފުނީގެ ސިޔާސަތުތަކާ އެއްގޮތަށް އަދި އެއްބަސްވެފައިވާ ޝަރުތުތަކުގެ ތެރޭގައި ފައިސާ ދެއްކޭތޯ ބެލުން. - ބިލިންގ ނުވަތަ ޕޭމަންޓް މައްސަލަތައް ޙައްލުކުރުމަށްޓަކައި ވެންޑަރުންނާއި ސަޕްލައި ކުރާ މުޢާމަލާތްތަކަށް ޙައްލު ހޯދުން. - ޕޭމަންޓް ސްޓޭޓަސްއާ ގުޅޭގޮތުން ވެންޑަރުންގެ ފަރާތުން ކުރާ ސުވާލުތަކަށް އެޑްރެސްކުރުން. - ދައްކަންޖެހޭ އެކައުންޓްތަކާ ގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް ތަޙުލީލުކުރުން. - މަސް ނިމޭއިރު އަދި އަހަރު ނިމޭއިރު ބަންދުކުރުމުގެ ޕްރޮސެސްތަކުގައި އެހީތެރިވުން. - މާލީ ސިޔާސަތުތަކާއި ކުންފުނީގެ ޕޮލިސީއާ ޢުޞޫލުތަކަށް ތަބާވާކަން ކަށަވަރުކުރުން. - އެކައުންޓް ޕޭޔަބަލްއާ ގުޅޭ އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓްތަކުގައި މަސައްކަތް ކުރުން. - އެކައުންޓިންގ ސޮފްޓްވެއަރ ބޭނުންކުރަން އެނގުމާއި ފައިނޭންޝިއަލް ރިޕޯޓްތައް އިންޓަރނޭޝަނަލް އެކައުންޓިން ސްޓޭންޑަޑްތަކާ އެއްގޮތަށް ތައްޔާރުކުރުން. - މެނޭޖްމަންޓް ރިޕޯޓްތައް ހެދުމުގެ ޝައުޤާއި ޤާބިލްކަން ހުރުން. - ކުންފުނިން ދައްކަންޖެހޭ ޓެކުހާ ބެހޭ ބަޔާންތައް ރިކޮންސައިލްކޮށް ވަގުތަށް ހުށަހެޅުމާއި ރިޕޯޓްތައް ތައްޔާރުކުރުން. - ކުންފުނީގެ އެކައުންޓްތައް ރިކޮންސައިލްކޮށް ބެލެހެއްޓުން. - ކުންފުނީގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން. - ކުންފުނިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މަސައްކަތް ކުރުމާއި ޑޮކިއުމަންޓްތައް ޗެކްކުރުން. - ޑިޕާޓްމަންޓުން އެކި ފަރާތްތަކަށް ފޮނުވާ ސިޓީ އަދި މެމޯ ފަދަ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން. - ކޯޕަރޭޝަންގެ ކުރިއަށް އޮތް އަހަރުގެ ބަޖެޓު ތައްޔާރުކުރުން. - ކޯޕަރޭޝަންގެ ފަރާތުން ހޯދާފައިވާ ތަކެއްޗަށާއި ޚިދުމަތަށް ފައިސާ ދެއްކުމަށްޓަކައި ތައްޔާރުކުރާ ޕޭމަންޓް ވައުޗަރާއި ޕޭމަންތް ވައުޗަރ ރެޖިސްޓްރީ ތައްޔާރުކޮށް ބަލަހައްޓަމުން ގެންދިއުން. - އައުޓްސްޓޭންޑިންގ ސްޓޭޓްމަންޓްތަކުގައި ބިލްތަކަށް ފައިސާ ދެއްކިފައިވޭތޯ ޗެކްކުރުން. - ކޯޕަރޭޝަންގެ އެންމެހާ މާލީ ހިސާބުތައް ބެލެހެއްޓުމާއި ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ބަލައި ޗެކްކޮށް ތައްޔާރުކުރުން އަދި ސިސްޓަމަށް އަޅާ އިންވޮއިސްތައް އަޅަނީ ރަނގަޅު ލެޖަރ އެކައުންޓްތަކަށްކަން ކަށަވަރުކުރުން. - ކޯޕަރޭޝަންއިން ހޯދާ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކުމަށް ތައްޔާރުކުރާ އެންމެހާ ޕޭމަންޓް ވައުޗަރ ތައްޔާރުކުރުން. - ފައިނޭންސް ޑިޕާޓްމަންޓުން ދައްކަންޖެހޭ ފައިސާއާ ގުޅޭގޮތުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ލިޔެ، ފޮނުވުމާއި އެކި ފަރާތްތަކުން އަންނަ ލިޔުންތަކަށް ޖަވާބުދީ އެ ލިޔުންތަކުގެ ރެކޯޑުތައް ޗެކްކޮށް ބެލެހެއްޓުން. - އެކައުންޓްސް ޕޭޔަބަލް ސިސްޓަމް އެނެލައިޒްކޮށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ރިޕޯޓްކުރުން. - އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓަރުން ބޭނުންވާ އެންމެހާ ޑޮކިއުމަންޓުތައް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުން. - މަސައްކަތުގެ ދާއިރާގައި ޙަވާލުކުރެވޭ އެހެނިހެން ކަންކަން ބެލެހެއްޓުން. - މިނޫންވެސް މަޤާމާއި މަސްޢޫލިއްޔަތާ ގުޅޭގޮތުން ޑިޕާޓްމަންޓުގެ އިސްވެރިޔާ ޙަވާލުކުރާ ކުންފުނީގެ މަސައްކަތްތައް ކުރުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 21 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާއަށް އެދޭ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖަނަވަރީ / ފެބްރުއަރީ މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. |
14 ރަޖަބު 1446