ދިވެހިރާއްޖެ
ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުސޫލް
1- މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ށ) އިން ބާރުލިބިގެން އެކުލަވާލާފައިވާ ކުނިއުކާލުމާއި ކުނި ނައްތާލުމުގެ ޤަވާޢިދުގެ ދަށުން ހަދާފައިވާ ކުނިއުކާލުމާއި ކުނިނައްތާލުމާއި ބެހޭ އުސޫލެވެ.
މި އުސޫލަށް ކިޔަނީ "ކުނި އުކާލުމާއި ކުނި ނައްތާލުމުގެ އުސޫލު" އެވެ.
- ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ގަވައިދުގެ 3 ވަނަ މާއްދައިގެ ދަށުން ކައުންސިލުން ކުނިގޮނޑުކަމުގައި ކަނޑައަޅާ ސަރަހައްދުތަކަކީ:
(ހ) ރަށުގެ އިރުމަތީކޮޅު ދެކުނުފަރާތު ކަންމަތީގައި އަލަށް އިމާރާތް ކޮށްފައިވާ ރ. އިންނަމާދޫ ކުނިމެނޭޖުކުރާ މަރުކަޒު.(މިކުނި ކޮށްޓަށް އަޅާނީ ފަތް ކުންޏާއި ގޭބިސިތަކުގައި އުފެދޭ އެންމެހައި އާންމު ކުންޏެވެ).
(ށ) ރަށު އިރުމަތީކޮޅު ފެނަކަ އާރު އޯ ބިލްޑިންއިން ފެށިގެން 300 ފޫޓު އިރަށް.(މިސަރަހައްދަށް އަޅާނީ އިމާރާތްތައް ތަޅާލައިގެން އުފެދޭ ގައު ކުނީގެ ބާވަތް ތަކެވެ).
(ނ) ރަށުގެ އިރުމަތީކޮޅުގައި އަލަށް އިމާރާތް ކޮށްފައިވާ ރ. އިންނަމާދޫ ކުނިމެނޭޖުކުރާ މަރުކަޒުގެ (އިރުމަތިން އޮންނަ ކުނިއަޅަން ހާއްސަ ކުރެވިފައިވާ ބިން) މިސަރަހައްދައް އަޅާނީ ރުއްގަހުގެ ބައިތަކާ ގަސްލަކުޑީގެ ބައިތަކެވެ.
2. ކުނި އުފުލުން
(ހ) އިޖުތިމާއީ ސަރަހައްދު ތަކާއި ގޭބިސީތަކާއި މުއައްސަސާތަކުންނާއި ފިހާރަ ހޮޓާ ރެސްޓޯރެންޓުތަކުންނާއި މިނޫންވެސް ތަންތަނުން އުފެދޭ އާންމު ކުނީގެ ބާވަތްތައް ރަސްމީ ކުނިކޮށްޓަށް އުފުލާނީ، ކައުންސިލުން ވަކިގޮތެއް ކަނޑަ ނާޅާހާ ހިނދަކު، ކައުންސިލުން ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކުންނެވެ.
(ށ) މިއުސޫލުގެ އެއްވަނަ ނަންބަރުގެ (ށ)(ނ) މިދެމާއްދާގައި ބުނާ ސަރަހައްދު ތަކަށް އުފުލަންޖެހޭ ކުނި އުފުލަން ޖެހޭނީ އެކުންޏެއް އުފެއްދި ނުވަތަ އެކުންޏަކާއި ޒިންމާވާ ފަރާތުންނެވެ.
- 2. ކުނި އުކާލަން ކަނޑައަޅާފައިވާ ސަރަހައްދު ތަކުގައި ކުނިއެންދުން
(ހ) މިއުސޫލުގެ އެއްވަނަ މާއްދާގެ ދަށުންކުނިއުކާލަން ކަނޑައަޅާފައިވާ (ހ)(ށ)(ނ) މިތިން މާއްދާގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި އާންމު ރައްޔިތުންނާއި އެހެންވެސް ފަރާތަކުން ކުނިގޮނޑު އަންދާ ކުނިކޮށީގައި ރޯކޮށް ހެދުމަކީ މަނާ ކަމެކެވެ.
(ށ) ކައުންސިލުން ވަކިގޮތެއް ކަނޑަނާޅާހާ ހިނދަކު މިމާއްދާގެ ދަށުން ކުނިއަންދަން ޖެހޭތަންތާގައި ކުނިއަންދާނީ ކައުންސިލުން ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކުންނެވެ.
- 3. އިޖްތިމާއީ ސަރަހައްދު ތަކާއި އަމިއްލަ ގޯތީގައި ކުނިއެންދުން
(ހ) މިއުސޫލަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން މީހުންދިރިއުޅޭ ގޭބިސީތަކާއި އިޖުތިމާއީ ސަރަހައްދު ތަކާއި ސިނާއީސަރަހައްދު ތަކުގައި އާންމު ރައްޔިތުން ކުނިއެންދުމަކީ މަނާ ކަމެކެވެ.
(ށ) މިއުސޫލުގެ ދަށުން އަލަށް ދޫކުރެވިފައިވާ ގެވަޅުތައް އިސްތިސްނާ ވާނެއެވެ. އަލަށް ދޫކުރެވޭ ގެވަޅުތައް ސާފުކުރުމުގެ މަރުހަލާގައި ގެވަޅުތެރޭގައި ކުނިއެންދިދާނެއެވެ. ގޭސް ރައްކާކުރެވިފައިވާ ތަކެއްޗާއި، ޕްލާސްޓިކު އަދި ފައިބަރުފަދަ ތަކެއްޗާއި، އެއެއްޗެއް އެންދުމުގެ ސަބަބުން ނުބައިވަހެއް ދުވައިފާނޭ ތަކެތި، ގެވަޅުގައި އެންދުމަކީ މަނާކަމެކެވެ. މިގޮތަށް ކުނިއަންދާއިރުވެސް އެންދޭ ކުނީގެ ސަބަބުން އާންމުރައްޔިތުންނަށް އުނދަގުވާނަމަ އެކުނި އަންދައިގެން ނުވާނެއެވެ.
- 4. ދަނޑު ބިންތަކާއި ސިނާއީ ބިންތަކުގައި ކުނިއެންދުން
(ހ) އަލަށް ދޫކުރެވޭ ދަނޑުބިންތަކާއި ސިނާއީ ބޭނުމަށް ދޫކުރެވޭ ބިންތައް ސާފު ކުރުމުގެ މަރުހަލާގައި އުފެދޭ ކުނި އެންދި ދާނެއެވެ. މީގެ އިތުރުން މަސައްކަތުސައިޓުގައި އުފެދޭ ކުނި އެންދުމަކީ މަނާ ކަމެކެވެ.
- 5. ކުނިޖަމާކޮށްފައި ބެހެއްޓުން
(ހ) މިއުސޫލުގެ ދަށުން އަމިއްލަ ގޯތި ތެރޭގައާއި ސައިހޮޓާ، ރެސްޓޯރެންޓް، އިޖްތިމާއީ ސަރަހައްދު، ސަރުކާރުގެ މުއައްސަސާތައް، މިނޫންވެސް މިފަދަ ތަންތަނުގައި ކުނިޖަމާކުރަން ހާއްސަ ކުރެވިފައިވާ ތަން ފިޔަވައި އެހެން އެއްވެސް ތަނެއްގައި ކުނިޖަމާކޮށް ނުވަތަ އެއްކޮށްފައި ބަހައްޓައިގެން ނުވާނެއެވެ. މިގޮތުން ކުނި ޖަމާކުރަން ޖެހޭ ތަންނޫން އެހެންތަން ތަނަށް ކުނި ޖަމާކޮށްކޮށްފައި ބެހެއްޓުމަކީ މަނާ ކަމެކެވެ.
- 6. ކުނި ބައިބަޔަށް ވަކިކުރުން
(ހ) ފީނެގިގެން ކުނިއުކާލެވޭ އެންމެހައި ތަންތަނުން 5 ބައަކަށް ކުނި ވަކިކުރުން. އެއީ ބަދިގެއިން އުކާލާ ކާބޯތަކެތީގެ ބާވަތްތަކާއި، ފަތް ކުނި، ނެޕީ، ދަޅުފުޅި ވަކިކޮށް އެހެނިހެން ހުރިހާ ކުންޏެއް އެއްކޮށެވެ. އަދި މިގޮތުން އެއްކޮށް އުކާލެވޭ ބައިތައް ކުނިކޮށީގައި އިތުރު ބައިތަކަށް ވަކިކުރެވޭނެއެވެ.
- 7. ފީނެގުމާއި ފީދެއްކުން
(ހ) ހިދުމަތް ލިބިގަންނަ އެންމެހައި ގޭބިސީ ތަކާއި މުއައްސަސާ ތަކާއި ސިނާއީސަރަހައްދު ތަކުން މިއުސޫލާއި އެއްގޮތް ވާގޮތުގެ މަތިން ފީދައްކަން ވާނެއެވެ. ފީނުދައްކާ ފަރާތްތަކަށް ފޯރުކްށްދޭ ހިދުމަތް ފީދައްކަންދެން ވަގުތީގޮތުން ހިދުމަތް މެދުކަނޑާލެވޭނެއެވެ. މިގޮތުން ހިދުމަތް ކަނޑާލުމުގެ ސަބަބުން ކުނިއުކައި ނުލެވޭދުވަސްތަކުގައި އުފެދޭ ކުނި، ކުނިކޮށްޓަށް ގެނައުމަކީ އެފަރާތްތަކުގެ ޒިންމާ އެކެވެ. މިގޮތުން ކުނިކޮށްޓަށް ގެނެވޭ ކުނި ވެއްދުމަށް ގޭޓް ފީ އެފަރާތްތަކުން ނެގޭނެއެވެ.
(ށ) މިއުސޫލުގެދަށުން ނަގާ ފީތައް ދައްކާނީ ކައުންސިލުން ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.
- 8. ހިދުމަތް ހޯދާ ފަރާތް ތަކުން ދައްކަން ޖެހޭ ފީގެތަފްސީލް
(ހ) ހިދުމަތް ހޯދާ ފަރާތް ތަކުން ތިރީގައި މިވާ ފީތައް ދައްކަންވާނެއެވެ.
(ށ) ހިދުމަތް ހޯދާ ފަރާތްތަކުން ދައްކަން ޖެހޭ ފީތަކަކީ،
# |
ތަފުޞީލް |
ރޭޓް |
1 |
ގޭބިސީ ތަކުން |
150.00 |
2 |
ފަޅުގޯތި/އަލަށް އިމާރާތްކޮށް ދިރިއުޅުން ނުފަށާގޯތި |
75.00 |
2 |
ރަށުކައުންސިލު އިދާރާ |
500.00 |
3 |
ވިޔަފާރިތަކުން |
250.00 |
4 |
ހޮޓާ/ރެސްޓޯރެންޓް/ކެފޭތަކުން |
250.00 |
5 |
ސިނާއީ މަސައްކަތްކުރާ ސަރަހައްދުތައް |
750.00 |
6 |
ވޯކްޝޮޕްތަކުން |
250.00 |
7 |
ވަޑާންގެ ތަކުން |
250.00 |
8 |
ސިއްޙީ މަރުކަޒު |
500.00 |
9 |
ދިރާގު |
250.00 |
10 |
ފުޓްސަލް ދަނޑު |
150.00 |
11 |
ޕާރކް |
150.00 |
12 |
މިސްކިތް |
150.00 |
13 |
އުރީދޫ |
250.00 |
14 |
ސްކޫލް |
500.00 |
15 |
ކޯޓް |
500.00 |
16 |
ޕްރީ ސްކޫލް |
150.00 |
17 |
ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްދޭ ތަންތަން |
500.00 |
18 |
ކޮންސްޓްރަކްޝަން ސައިޓް ( މަސައްކަތް ކުރާނަމަ ) |
500.00 |
19 |
އިޖްތިމާއީ ގޮތުން ކުނިކަހާ ބަލަހައްޓާ ސަރަހައްދު |
1000.00 |
20 |
ވީލް ބަރޯ ގައި ކުނިގެންދާނަމަ ދަތުރަކަށް ( ގޭޓް ޗާޖް ) |
20.00 |
21 |
އަތްގާޑިޔަލުގާ ކުނިގެންދާނަމަ ދަތުރަކަށް ( ގޭޓް ޗާޖް ) |
30.00 |
22 |
ރަށު ޕިކަޕް (ބަގީ) |
35.00 |
23 |
ޕިކަޕްގައި ކުނިގެންދާނަމަ ދަތުރަކަށް ( ގޭޓް ޗާޖް ) |
60.00 |
- 9. އުޞޫލުތަކާއި ޚިލާފުވުން
މިއުސޫލުގައި ހިމެނިފައިވާ ކަންކަމާ ޚިލާފުވާ ފަރާތްތަކާއިމެދު، އެހެން ޤާނޫނަކުން ނުވަތަ ގަވާއިދަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައިނުވާ ކަންކަމުގައި، ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 500ރ (ފައްސަތޭކަ ރުފިޔާ) އާއި 1000ރ (އެއްހާސް ރުފިޔާ) އާދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން: ތިންވަނަފަހަރު ތަކުރާރުކޮށްފިނަމަ 1000ރ (އެއްހާސް ރުފިޔާ) އާއި 3000ރ (ތިންހާސް ރުފިޔާ) އާދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން: ހަތަރުވަނަ ފަހަރު ތަކުރާރުކޮށްފިނަމަ 3000ރ (ތިންހާސް ރުފިޔާ) އާއި 5000ރ (ފަސްހާސް ރުފިޔާ) އާދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރު ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެފަހަރަކު 5000ރ (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމުގެ އިޙުތިޔާރު މި އުސޫލުގެދަށުން އިންނަމާދޫ ކައުންސިލަށް ލިބިގެންވެއެވެ.