ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ޢިމާރާތް މަރާމާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އަތޮޅު ކޮނޑޭ މެޖިސްޓްރޭޓު ކޯޓު ހިންގަމުންދިޔަ ޢިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މި ކޯޓުގެ ނަންބަރު 17/2015/(IUL)P2C) (23 އެޕްރީލް 2015) އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތު ޝީޓުގައި މައްސަލަތަކެއް ހުރުމާއެކު، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ޖުލައި 2015 ވާ ބުދަ ދުވަހު 14:30 އަށް ގއ.ވިލިނގިލީ މެޖިސްޓްރޭޓު ކޯޓަށް ނުވަތަ ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 އޯގަސްޓު 2015 ވާ  ބުދަ ދުވަހު 14:30 އަށް ގއ.ވިލިނގިލީ މެޖިސްޓްރޭޓު ކޯޓަށް ނުވަތަ ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުންވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަދެންނެވީމެވެ.

4 ޝައްވާލް 1436

20 ޖުލައި 2015
ހޯދާ