ދިވެހިރާއްޖެ
އިޢުލާން
މުލީގެ ފެންބޮޑުވާ ސަރަހައްދު ތަކުގައި ޖަންކްޝަން ހެދުމަށް ބޭނުންވާ ތަކެތި ހޯދުން
މ. މުލީގެ މަގުތަކުގައި ފެންބޮޑުވާ ސަރަހައްދުތަކުގައި ފެންހިންދުމަށް ޖަންގުޝަން ހެދުމަށް ބޭނުންވާ ތިރީގައި މިދަންނަވާތަކެތި މިއިދާރާއަށް ސަޕްލައި ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޖަނަވަރީ 20 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމު ފުރުއްވާ މިއިދާރާގެ މެއިލް [email protected] ރަޖިސްޓްރީ ފޯމު ފޮނުއްވުން އެދެމެވެ. ބިޑް ރެޖިސްޓްރޭޝަން ފޯމް އަދި މައުލޫމާތު ޝީޓް އިޢުލާނާއި އެކީ އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
ރަޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން
ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން 2025 ޖަނަވަރީ 22 ވާ ބުދަ ދުވަހުގެ 13:00 އަށް މި އިދާރާގެ [email protected] އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
ބޭނުންވާތަކެތި
- 38 އެސްލޯން ހޮޅި 6" މީޑިއަމް ޕްރެޝަރ
އިވެލުއޭޝަން ކްރައިޓީރިއާ
- މަސައްކަތުގެ އަގު: %95 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
- މުއްދަތަށް: %5 ޕޮއިންޓް (އެންމެ ކުރުމުއްދަތު ބެންޗްމާކް ކަމުގައި ބަލައިގެން)
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.