ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
ކެންޓީން ހިންގައިދޭނެ ފަރާތެއް ހޯދުމުގެ

މި އިޢުލާންވަނީ 14 ޖަނަވަރީ 2025 10:35 ގައި ބާތިލް ކުރެވިފައެވެ.


ކަލާފާނުސްކޫލުގެ ކެންޓީން ހިންގާދޭނެ ފަރާތެއް ހޯދުމުގެ އިއުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު 

1-  ކަލާފާނުސްކޫލްގެ ކެންޓީންގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ހިންގައިއިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2-  މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 14 ޖެނުއަރީ 2025 އިން  19 ޖެނުއަރީ 2025 އަށް ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

3-  ލިންކް: https://forms.gle/gDjdy2RF2YqsS8tA7

4-  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20 ޖެނުއަރީ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ  އީމެއިލް އަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5-  ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  23 ޖެނުއަރީ 2025 ވަނަ ދުވަހުގެ 11:00 ގައި ކަލާފާނު ސްކޫލް ގައެވެ.

6-  މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7-  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ކަލާފާނުސްކޫލް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3328991

އީ-މެއިލް: [email protected]

14 ޖަނަވަރީ 2025
ހޯދާ