ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުއްވުމުގެ ލައިސަންސް ދިނުމަށް ބޭނުންވާ ރޭމްޕް ހެދުން

އިޢުލާން

ދުއްވުމުގެ ލައިސަންސް ދިނުމަށް ބޭނުންވާ ރޭމްޕް ހެދުން

މި އިދާރާއިން އޭ ޒޯންގެ ލައިސަންސް ދޫކުރުމަށް ޢަމަލީ ޓެސްޓް ދިނުމަށް ބޭނުންވާ ރޭމްޕް ހެދުމަށް ކުރެވުނު ނަންބަރު (IUL)240-CA/240/2015/46 (14 ޖޫން 2015 ) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ފުރިހަމަނުވާތީ އެ އަންދާސީހިސާބުތައް ބާޠިލްކުރުމަށްފަހު މިއިދާރާއިން ދައްކާ ނަމޫނާއަކާ އެއްގޮތަށް މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނުކުރީމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ޖުލައި 2015 ވަނަދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ޖުލައި 2015 ވަނަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

28 ރަމަޟާން  1436

15 ޖުލައި 2015
ހޯދާ