| 
 1-                    ކައުންސިލުން ހަވާލުކުރާ މިސްކިތެއްގައި / ފަރުޟު ފަސްނަމާދު އިމާމްވެ ކުރުމާއި ކޮންމެނަމާދެއްގެ ވަގުތު ޖެހުމުގެ ކުރިން މިސްކިތައްގޮސް މިސްކިތުގެ  ކަންކަންބަލާ ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދުގެ ވަގުތުގައި ބަންގިގޮވުމާއި އިމާމްވެ ނަމާދުކުރުން. 
2-                   މިސްކިތުގެ ސާފްތާހިރުކަމާއި، އަދި މިސްކިތުގެ އެންމެހައި ކަންތައްތައް ހިނގާ ނުހިނގާގޮތްބަލާ ސްޕަވައިޒްކޮށް ދިމާވާ މައްސަލަތައް ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން. 
3-                   މިސްކިތުގެ އެއްވެސްތަނަކަށް ގެއްލުމެއްލިބިފައިވޭތޯ ބެލުމާއި، މަރާމާތެއް ކުރަންޖެހިފައިވާތަނެއްހުރިތޯބެލުމާއި، ހުރިނަމަ ކަމާއިބެހޭ އިދާރާއަކަށް އެކަންއަންގައި އެކަން ހައްލުކުރުމަށް މަސައްކަތްކުރުމާއި، އިދާރާއިން އަންގަވާގޮތެއްގެ މަތިން މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހައްލުކުރުމަށް މަސައްކަތްކުރުން . 
4-                  މިސްކިތުގައި ނަމާދުކުރާމީހުންނަށް އެކަށީގެންވާ މާހައުލެއްޤާއިމްކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން. 
5-                  މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ކައުންސިލްގެ ހުއްދަނެތި އެއްވެސް ލިޔުމެއް ހަރުކުރެވިފައިހުރިތޯ ބެލުމާއި، އެފަދަ ލިޔުންތައް ހުރިނަމަ ކައުންސިލަށް އަންގައިގެން އެކަން ހައްލުކުރުން. 
6-                  މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ކައުންސިލްގެ ހުއްދަނެތި އެއްވެސް ލިޔުމެއް ހަރުކުރެވިފައި ހުރިތޯބެލުމާއި، އެފަދަ ލިޔުންތައް ހުރިނަމަ ކައުންސިލަށް އަންގައިގެން އެކަން ހައްލުކުރުން. 
7-                  މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގުރާމްތައް ހިންގާނަމަ އެފަދަ ޕްރޮގުރާމްތަކަށް ބޭނުންވާ އެހީތެރިކަންދިނުމާއި ، އަދި އެކަމެއްނިމެންދެން މިސްކިތުގައި މަޑުކުރުން 
8-                  ކައުންސިލުން އަންގަވާފި ހިނދެއްގައި އިމާމްވެ ކޭތަނަމާދާއި، އީދުނަމާދާއި، ހުކުރު ނަމާދާއި، ކަށުނަމާދު ކުރުން. 
9-                  މީހަކު މަރުވެއްޖެނަމަ ޖަނާޒާގެ އެންމެހާކަންތައްތައް ކުރުމާއި އެހީތެރިވުން. 
10-              މިސްކިތާބެހޭބެހޭގޮތުން ރައްޔިތުން ހުށަހަޅާ ޝަކުވާތައް ކައުންސިލާ ހިއްސާކޮށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުން. 
11-              އުސޫލްތަކާއި އެއްގޮތަށް މިސްކިތް ސާފްކުރުމުގެ އެންމެހާ ކަންތައްތައް ކުރިއަށް ދާކަން ކަށަވަރުކުރުމާއި އެގޮތަށް އެކަން ނުދާނަމަ ކައުންސިލަށް އެންގުން . 
12-              ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާޞަ މަސައްކަތް ތަކުގައި ބައިވެރިވުމާއި، ކައުންސިލުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން . 
13-              މީގެ އިތުރުންވެސް މިސްކިތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން. 
14-              ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ   ނިންމުންތައް ތަންފީޒް ކުރުމުގައި އިދާރީގޮތުން ކުރަންކުރަންޖެހޭ އެންމެހާކަންތައްތައް ސެކްރެޓަރީ ޖެނެރަލް ގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން . 
15-              ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި، ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމައި ގުޅޭ އެންމެހާކަންކަމުގައި ކައުންސިލަށާއި ، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން 
 |