މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ މާޅެންދޫ މަސްޖިދުލް ތަޤްވާގެ މިހާރު ހަދާފައިވާ ރޭމްޕްގައި ހަރުކޮށްފައިވާ ޗެންޗޭން ބަދަލުކުރުން

ނ މާޅެންދޫ މަސްޖިދުލް ތަޤްވާގެ މިހާރު ހަދާފައިވާ ރޭމްޕްގައި ހަރުކޮށްފައިވާ ޗެންޗޭން ބަދަލުކުރުމަށް ކުރެވުނު ނ. މާޅެންދޫ ކައުންސިލްގެ ގެ ނަންބަރު IUL)287/287/2025/4) (13 ޖެނުއަރީ 2025) އިޢުލާނާގުޅިގެން މި މަސައްކަތް ކުރުމަށްޓަކައި ދެވޭ މަޢުލޫމާތު:

ނ މާޅެންދޫ މަސްޖިދުލް ތަޤްވާގެ މިހާރު ހަދާފައިވާ ރޭމްޕްގައި ހަރުކޮށްފައިވާ ޗެންޗޭން ބަދަލުކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ދެވިފައިވާ ކުރެހުމާއި އެއްގޮތަށް މަސައްކަތް ކުރަންވީގޮތް:

  1. ޗެންޗޭން ބަދަލު ކުރުމުގެ މަސައްކަށް ކުރަންވާނީ ދީފައިވާ މިންތަކާއެއްގޮތަށެވެ.
  2. މިމަސައްކަތުގައި ބޭނުންކުރަންވާނީ ދަބަރު ނުޖަހާ SS (ސްޓެއިންލެސް ސްޓީލް) ހޮޅިއެވެ.
  3. ބޭނުންކުރާ ހޮޅިތައް ހުންނަންވާނީ SS 304 (Polish SS) ޕޮލިޝް ކޮށްފައެވެ.
  4. ބޭނުނޮކުރާ ހޮޅީގެ ބޯމިން2mm  އަށް ވުރެން ތުނިވެގެން ނުވާނެއެވެ.
  5. ހޮޅިތަކުގެ ބުޑު 20mm އަށް ވުރެން ތުނިވެގެން ނުވާނެއެވެ.
  6. ފްލެންޖް ތަކުގައި ފްލެންޖް ކެޕް އަޅުވަން ވާނެއެވެ.
  7. ޗާރޓް 1 ގައި ފާހަގަ ކޮށްފައިވާ ކުރެހުމުގައިވާ ގޮތަށް ކޮންމެ ވައްތަރަކުން 02 ޗެންޗޭނު.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން  19ޖަނަވަރީ 2025 ވަނަ ދުވަހުގެ 13:30 އަށް މަތީގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކޮށްދެވޭނޭ އަގު ބަޔާންކުރެވިފައިވާ ކޯޓޭޝަން  ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި އަދި " ނ މާޅެންދޫ މަސްޖިދުލް ތަޤްވާގެ މިހާރު ހަދާފައިވާ ރޭމްޕްގައި ހަރުކޮށްފައިވާ ޗެންޗޭން ބަދަލުކުރުމުގެ މަސައްކަތް ކުރުން" މިހެން ލިޔެފައި އޮންނަންވަނެއެވެ.

ކޯޓޭޝަން ބަލައިގަތުމާއި، ހުޅުވުން އޮންނާނީ  19 ޖަނަވަރީ 2025 ވަނަ ދުވަހުގެ 13:30 ގައި ކޯޓޭޝަން ހުށަހެޅުއްވުމަށް ވަޑައިގެންނެވި ފަރާތްތަކުގެ ހާޒިރުގައި ނ. މާޅެންދޫ ކައުންސިލުގެ އިދާރާގެ މީޓީންގ ރޫމުގައެވެ.

އިތުރު މަޢްލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން މިކައުންސިލުގެ 6560026 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޖަނަވަރީ 2025
ހޯދާ