މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރާވީސް ނަމާދާއި ގުޅިގެން ހުރުމާއި، ކެއުމާއި، ދޮވެ އިސްތިރިކުރުން.

އިޢުލާން

 

ތަރާވީސް ނަމާދާއި ގުޅިގެން ހުރުމާއި، ކެއުމާއި، ދޮވެ އިސްތިރިކުރުން.

 

                   1446ވަނަ އަހަރުގެ ރަމަޟާން މަހު މިރަށު މަސްޖިދުލް މުސާވާތު ގައި އިމާމުވެ ތަރާވީޙް ނަމާދުކުރުމަށް ގެނޭވޭ އިމާމުގެ ހުރުމާއި ކެއުމާއި ބުއިން، އަދި އަންނައުނު ދޮވެއިސްތިރި ކޮށްދޭން ބޭނުންވާ ފަރާތްތަކަށް، އެމަސައްކަތް ކޮށްދޭނޭ އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

                  މަސައްކަތް ކޮށްދޭންޖެހޭ މުއްދަތަކީ އިމާމު ރަށުގައި ހޭދަކުރާ މުއްދަތަށެވެ. އެއީ، ރަމަޟާން 1446 ގެ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާން 1446 ގެ އެންމެ ފަހު ދުވަހަށެވެ. ނަމަވެސް، ދަތުރުތައް ހަމަޖެހިގެންދާ ގޮތުން އެމުއްދަތުގެ ކުރިޔަށް 5 ދުވަސް އަދި ޢީދާއި ގުޅިގެން 5 ދުވަހާއިއެކު، 10 ނުވަތަ އެއަށްވުރެ މަދު މުއްދަތެއް އިތުރުވުމަކީ ވެދާނޭކަމެވެ.

 

ކޯޓޭޝަން ހުށަހަޅާނީ، 30 ދުވަހަށް، ހުރުމާއި ކެއުމާއި ބުއިން، އަދި އަންނައުނު ދޮވެއިސްތިރިކުރުމުގެ ކަންކަން ކޮށްދޭނޭ އަގެވެ.

 

ކޯޓޭޝަން ހުށަހަޅާނީ 30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާގެ [email protected] އީމެއިލް މެދުވެރިކޮށެވެ.

 

                  ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.

13 ޖަނަވަރީ 2025
ހޯދާ