ދިވެހިރާއްޖެ
އިޢުލާން
ފޮތެއް ޗާޕުކުރަން ބޭނުންވެއްޖެ
ދިވެހިބަހުގެ އެކެޑަމީން މިނިވަން ފަންސާހާ ގުޅޭ ގޮތުން ތައްޔާރުކުރާ ފޮތެއް ޗާޕުކުރަން ބޭނުންވެގެން ކުރި ނަންބަރު (IUL)430-DBA-I/1/2015/18 އިޢުލާނަށް އަންދާސީހިސާބު ހުށަހެޅީ 2 ފަރާތުން ކަމަށްވާތީ މި އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މިކަމަށް އެދޭ ފަރާތްތަކުން 2015 ޖުލައި 22 ވާ ބުދަ ދުވަހުގެ 10:00 އަށް ދިވެހިބަހުގެ އެކެޑަމީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. މިކަމުގައި މަޢުލޫމާތު ހޯދުމަށް ގަޑިއަށް ހާޒިރުނުވެވޭ ފަރާތްތަކަށްވެސް މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ހުށަހެޅޭނީ އިޢުލާނުގައި ކަނޑައަޅައިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2015 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ދިވެހިބަހުގެ އެކެޑަމީގައެވެ.
29 ރަމަޟާން 1436