މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އިންޓަރގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް 2023 އަދި 2024 ވަނަ އަހަރަށް ފައިނޭންޝިއަލް އޯޑިޓް ކުރުމަށް ބަޔަކު ހޯދުން

އިންޓަރގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް 2023 އަދި 2024 ވަނަ އަހަރަށް ފައިނޭންޝިއަލް  އޯޑިޓް ކުރުމަށް ބަޔަކު ހޯދުމަށް ބޭނުންވެއެވެ.  

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 ޖެނުއަރީ 22  ވާ ބުދަ ދުވަހުގެ 11:15 އަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ، އުމަރު ޒާހިރު ބިލްޑިންގ (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގެ ޕްރޮލކިއުމަންޓް ސެކްޝަންގެ މެއިލް [email protected] އަށް އަންދާސީ ހިސާބު މެއިލް ކުރެއްވުން އެދެމެވެ. މި އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާހާ އަދި ހުށަހަޅަންޖެހޭ ފޯމްތައް މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ. މިމަސައްކަތާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

13 ޖަނަވަރީ 2025
ހޯދާ