ދިވެހިރާއްޖެ
ނ.ވެލިދޫ އިންޑަސްޓްރިއަލް ޒޯންއިން 3000 އަކަފޫޓުގެ އެކެއް (1) ބިން ފައިބަރ މަސައްކަތް ކުރުމަށް 20 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ނިންމާފައެވެ.
ވީމާ، މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ނ.ވެލިދޫ ކައުންސިލް އިދާރާ |
ބުދަ |
15 ޖަނަވަރީ 2025 |
13:00 |
އަންދާސީހިސާބު ހުށަހެޅުން |
ނ.ވެލިދޫ ކައުންސިލް އިދާރާ |
ބުރާސްފަތި |
23 ޖަނަވަރީ 2025 |
11:00 |
މި މަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަދަންނަވަމެވެ. ނ.ވެލިދޫ އިންޑަސްޓްރިއަލް ޒޯންއިން ފައިބަރ އުޅަނދުފަހަރު ބަނދެ ވިއްކުމަށް ދޫކުރެވޭ ބިމުގެ ޗާޓް ހިމެނިފައިވާނެއެވެ.
މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
13 ރަޖަބް 1446