ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީއަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ތިނަދޫ ސިޓީ ކައުންސިލުން ބައިސްކަލް ދޫކުރުމާ ބެހޭ އުޞޫލު

ތިނަދޫ ސިޓީއަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ތިނަދޫ ސިޓީ ކައުންސިލުންބައިސްކަލް  ދޫކުރުމާ ބެހޭ އުޞޫލު

 ތަޢާރަފް: މިއީ ތިނަދޫ ސިޓީއަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ތިނަދޫ ސިޓީ ކައުންސިލުން ބައިސްކަލް ދޫކުރުމާ ބެހޭ އުޞޫލެވެ.

މި އުޞޫލަށް ކިޔާނީ " ތިނަދޫ ސިޓީއަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ތިނަދޫ ސިޓީ ކައުންސިލުން ބައިސްކަލް ދޫކުރުމާ ބެހޭ އުޞޫލު " އެވެ.

  1. 1.     މަޤްސަދު:
  • ތިނަދޫ ސިޓީއަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ތިނަދޫ ސިޓީގައި އެއްގަމު ދަތުރު ކުރުމަށް ބައިސްކަލް ދޫކޮށް ހަމަހަމަ އުޞޫލަކުން ބޭނުންކުރުމުގެ ފުރުސަތު ދިނުމެވެ.

 

  1. 2.     ބައިސްކަލް ދޫކުރެވޭނެ ހަމަތައް:
  • ބައިސްކަލް ދޫކުރެވޭނީ ރަށުން ބޭރުން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
  • ބައިސްކަލް ކުއްޔަށް ނަގާ ފަރާތުގެ އައި.ޑީ ކާޑުގެ ސާފު ފޮޓޯ
  • ބައިސްކަލް ދޫކުރެވޭނީ:
  • ދިވެހިންނަށް:- ގަޑި އިރަކަށް 2 ރުފިޔާގެ ރޭޓުން
  • ބިދޭސީންނަށް:- ގަޑި އިރަކަށް 5 ރުފިޔާގެ ރޭޓުން
  • ބައިސްކަލް ޙަވާލުކުރިކަމަށްވާނީ ބައިސްކަލް ދޫކުރި ސްލިޕްގައި ސޮއި ކުރުމަށްފަހުގައެވެ.
  • ބައިސްކަލް ކުއްޔަށް ނަގާ ފަރާތުން ބައިސްކަލް ދުއްވަން ވާނީ ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނާއި ގައިވާދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
  • މި އުޞޫލުގެ ދަށުން ފައިސާ ޖަމާކުރަންވާނީ ތިނަދޫ ސިޓީ ކައުންސިލުގެ ތިރީގައި މިދަންނަވާ އެކައުންޓް ނަންބަރަށެވެ.
  • އެކައުންޓް ނަންބަރ: 7710700287001
  • އެކައުންޓްގެ ނަން:    REVENUE 1 1475       
  • ސްލިޕް ވައިބަރ ކުރާނެ ނަންބަރ: 7780165
  • މި އުޞޫލްގެ ދަށުން ބައިސްކަލް ދޫކުރާނީ ތިނަދޫ ފެރީޓާރމިނަލް އިންނެވެ. ހާބަރ ހޮޓްލައިން 7931718

 

  1. 3.     ޒިންމާ:
  • ބައިސްކަލް ނަގާ ފަރާތުގެ ބެލުމުގެ ދަށުގައި ހުއްޓާ ލިބޭ ގެއްލުމުގެ ޒިއްމާ ބައިސްކަލް ނެގި ފަރާތުން އުފުލަންވާނެއެވެ.
  • ބައިސްކަލަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި 50 ރުފިޔާއި 2000 ރުފިޔާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ގެއްލުމުގެ ގޮތުގެ ބަލާނީ:-

#

ގެއްލުމުގެ ތަފްޞީލް

ޖޫރިމަނާ އަދަދު

1

ބައިސްކަލް އެކްސިޑެންޓް ވުން

(ތަހުގީގަށްފަހު އަދަދު ކަޑައެޅުން)

2

ހަން ފަޅައިގެން ދިއުން       

-/50 ރުފިޔާ

3

ބައިސްކަލް ގެއްލުން

-/ 2000 ރުފިޔާ

4

ޓަޔަރު ފަޅައިގެން ދިއުން

-/200 ރުފިޔާ

5

ބައިސްކަލްގައި ހަރުކޮށްފައި ހުރި އެއްޗެއް ގެއްލުން ނުވަތަ ހަލާކުވުން

-/50 އާއި -/200 ރުފިޔާ ދެމެދު

6

ބައިސްކަލްގެ ފުރޮޅެއް ހަލާކުވުން

-/300 ރުފިޔާ

  • ބައިސްކަލް ކުއްޔަށް ނެގި ފަރާތުން ވަގުތު ހަމަވުމުން ފެރީ ޓާރމިނަލް ބައިސްކަލް ހަވާލު ކުރަންވާނެއެވެ.
  • 18 އަހަރު ނުފުރޭ ކުއްޖަކަށް ބައިސްކަލް ދޫކުރެވޭނީ ބެލެނެވެރިޔާގެ ޒިންމާވާ ގޮތަށެވެ.
  • އެއްވެސް ސަބަބަކާ ހުރެ ބައިސްކަލް ހަވާލު ނުކުރެވިއްޖެނަމަ ޤާނޫނީ ގޮތުން އެފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެއެވެ.

   ނޯޓް: މި އުޞޫލަށް އަމަލުކުރަން ފެށޭނީ ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިރު ކުރެވުމުންނެވެ.

13 ޖަނަވަރީ 2025
ހޯދާ