ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މިނިސްޓްރީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހުންނެވެ.
މަޤާމް |
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|||
ބޭނުންވާ އަދަދު |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2 |
މަޤާމުގެ ރޭންކް: MS2 |
|
މުސާރަ |
މަހަކު -/6295 ރުފިޔާ |
|||
ސަރވިސް އެލަވަންސް |
މަހަކު -/2000 ރުފިޔާ |
|||
ޑިވިޜަން |
އެކައުންޓްސް ޑިވިޜަން |
|||
ތަޢުލީމާއި ތަޖުރިބާ |
|
|||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓްތަކާއި އަތޮޅު ހޮސްޕިޓަލުތަކަށް އާމްދަނީގެގޮތުގައި ލިބޭ ފައިސާގެ ހިސާބުތައް ބަލަހައްޓައި ޗެކްކުރުމާއި، ނުލިބޭ ފައިސާއެއްވާނަމަ، ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އާމްދަނީގޮތުން ލިބޭ ފައިސާ ދުވަހުން ދުވަހަށް ޖަމާކުރޭތޯ ބެލުމާއި، އާސަންދައިން ދެވޭ ޚިދުމަތްތަކުގެ ބިލުތައް ޗެކްކޮށް ރިޕޯޓްހެދުން. |
|||
މަޤާމް |
ލީގަލް އޮފިސަރ |
|||
ބޭނުންވާ އަދަދު |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
މަޤާމުގެ ރޭންކް: CS9-2 |
|
މުސާރަ |
މަހަކު -/10,020 ރުފިޔާ |
|||
ސަރވިސް އެލަވަންސް |
ދުވާލަކަށް -/120 ރުފިޔާ |
|||
ޑިވިޜަން |
އެގްޒެކެޓިވް ބިއުރޯ |
|||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
ޞިއްޙީ ދާއިރާއާ ގުޅުންހުރި ޤާނޫނުތައް އެކުލަވައިލުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރުމާއި، ޞިއްޙީ ދާއިރާއާ ގުޅުންހުރި ޤާނޫނުތަކުގެދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި، އެކުލަވައިލަންޖެހޭ އެހެނިހެން ގަވާއިދުތަކަށް ޤާނޫނީ ބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، ދާއިރާއަށް ހުށަހެޅޭ މައްސަލަތަކަށާއި ޞިއްޙީ ދާއިރާއާމެދު އުފުލޭ ދަޢުވާތަކާ ގުޅިގެން ދޭންޖެހޭ ޤާނޫނީ ލަފާދިނުން. |
|||
ތަޢުލީމާއި ތަޖުރިބާ |
ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
|||
މަޤާމް |
އިންފޮމޭޝަން އޮފިސަރ |
|||
ބޭނުންވާ އަދަދު |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: MS1 |
|
މުސާރަ |
މަހަކު -/5610 ރުފިޔާ |
|||
ސަރވިސް އެލަވަންސް |
މަހަކު -/2000 ރުފިޔާ |
|||
ޑިވިޜަން/ ސެކްޝަން |
އެގްޒެކެޓިވް ބިއުރޯ |
|||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ ޖަވާބުދެއްވަންޖެހޭ ކަންކަމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، މިނިސްޓަރާއި ޕަރމަނަންޓް ސެކްރެޓަރީގެ ލަފާގެމަތިން ޖަވާބު ތައްޔާރުކޮށްދިނުމާއި، މީޑިއާއަށް ދޭންޖެހޭ ޚަބަރާއި މަޢުލޫމާތު ހޯދައި ތައްޔާރުކުރުމާއި، ޢާންމު ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެގޮތުން ބާއްވާ އެކިއެކި ނިއުސް ކޮންފަރެންސްތައް ރާވައި އިންތިޒާމުކުރުން. |
|||
ތަޢުލީމާއި ތަޖުރިބާ |
|
|||
މަޤާމް |
އެކައުންޓްސް އޮފިސަރ |
|||
ބޭނުންވާ އަދަދު |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: MS1 |
|
މުސާރަ |
މަހަކު -/5610 ރުފިޔާ |
|||
ސަރވިސް އެލަވަންސް |
މަހަކު -/2000 ރުފިޔާ |
|||
ޑިވިޜަން/ ސެކްޝަން |
އެކައުންޓްސް ޑިވިޜަން |
|||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުގެ މުސާރަތައް ފޮނުވުމާއި، އެތަންތާނގެ ބަޖެޓުގެ ހުރިހާ ޚަރަދެއް ބެލެހެއްޓުމާއި، އެތަންތަނުން ބޭނުންވާ ރިޕޯޓްތައް ހޯދުމާއި، އެތަންތަނުން އެ މަސައްކަތްތައް ކުރަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯ ބަލައި، އެޑްވާންސްގެގޮތުގައި ފޮނުވަންޖެހޭ ފައިސާ އެތަންތަނަށް ފޮނުވުމާއި، ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ފިނޭންސަށް ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުން. |
|||
ތަޢުލީމާއި ތަޖުރިބާ |
|
|||
މަޤާމް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|||
ބޭނުންވާ އަދަދު |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: GS3 |
|
މުސާރަ |
މަހަކު -/4465 ރުފިޔާ |
|||
ސަރވިސް އެލަވަންސް |
މަހަކު -/1500 ރުފިޔާ |
|||
ޑިވިޜަން |
އެޑްމިނިސްޓްރޭޝަން ޑިވިޜަން / ފްރޮންޓް އޮފީސް އެންޑް މެސެންޖަރ ސަރވިސް |
|||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
މިނިސްޓްރީގެ ރިސެޕްޝަނަށް އަންނަ ހުރިހާ ފޯން ކޯލުތަކަށް ޖަވާބުދިނުމާއި، ސެކްޝަންތަކަށް ރޫޓްކުރަންޖެހޭ ފޯންކޯލުތައް ރޫޓްކުރުމާއި، އެކިއެކި ބޭނުންތަކުގައި އޮފީހަށް އަންނަ ފަރާތްތަކަށް ކަންކުރަންވީ ގޮތް އަންގައިދީ، އެފަރާތްތަކުން ބޭނުންވާ ކަންތައްތަކުގައި އެހީތެރިވެދިނުމާއި، ބައްދަލުވުންތަކާއި އެޕޮއިންޓްމަންޓްތަކަށް އަންނަ ފަރާތްތަކުގެ މަޢުލޫމާތު، ކަމާގުޅޭ ސެކްޝަނަށް އެންގުމަށްފަހު އެތަންތަނުން އަންގާ ގޮތެއްގެ މަތިން އެތަނަކަށް ފޮނުވުން. |
|||
ތަޢުލީމާއި ތަޖުރިބާ |
|
|||
މަޤާމް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|||
ބޭނުންވާ އަދަދު |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: GS3 |
|
މުސާރަ |
މަހަކު -/4465 ރުފިޔާ |
|||
ސަރވިސް އެލަވަންސް |
މަހަކު -/1500 ރުފިޔާ |
|||
ޑިވިޜަން |
ހެލްތު ސަރވިސް ޑިވިޜަން |
|||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
ޑިވިޜަނަށް ލިބޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް އެންޓްރީ ކުރުމަށްފަހު ގުޅުންހުރި ފަރާތްތަކަށް ހަވާލުކުރުމާއި، މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކާއި ސަރުކާރުގެ އެހެނިހެން އިދާރާތަކުން އަންނަ ސިޓީ މެސެޖް، މެއިލްތަކަށް ޑިވިޜަންގެ ވެރިންގެ މަޝްވަރާގެމަތިން ޖަވާބު ތައްޔާރުކޮށް ފޮނުވުމާއި، ގުޅުންހުރި ހުރިހާ ލިޔެކިއުން ހަމަކޮށް ފައިލްކުރުން. |
|||
ތަޢުލީމާއި ތަޖުރިބާ |
1. ހިއުމަން ރިސޯސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަން، އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަން، އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ ތެރެއިން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
|||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
|||
ޢިނާޔަތްތައް |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
|||
ހުށަހަޅަންޖެހޭ ލިޔުންތައް |
|
|||
ސުންގަޑި |
2015 އޮގަސްޓު 3 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް. |
|||
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން |
2015 ވަނަ އަހަރުގެ އޮގަސްޓުމަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 3014437 އެވެ. |
|||
29 ރަމަޟާން 1436 |