މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ގުރައިދޫގައި ޕެޓްރޯލް ޝެޑެއް އަޅައި ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާން

            

                   ކ.ގުރައިދޫގައި ޕެޓްރޯލް ޝެޑެއް އަޅައި ހިންގުމަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

                   ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 19 ޖަނަވަރީ 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާނީ 10،000.00 ރުފިޔާގެ ފީއެއް ދައްކާ ފަރާތްތަކަށެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން/ ކުންފުނީ/ ޕާޓްނާޝިޕް/ ފަރުދުންގެ ވިޔަފާރި/ ކޯޕަރޭޓިވް ސޮސައިޓީ ގެ ނަން

-          ރަޖިސްޓްރީ ނަމްބަރު

-          އީމެއިލް އެޑްރެސް

-          ގުޅޭނެ މޯބައިލް ނަމްބަރު

-          ރަޖިސްޓްރީ ކުރުމަށް ފައިސާ ދެއްކި ކަމުގެ ރަސީދު (ޓްރާނސްފަރ ސްލިޕް)

                  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 20 ޖަނަވަރީ 2025 ވާ އާދިއްތަ ދުވަހުގެ 08:30 ގައި ކ.ގުރައިދޫ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.  

                  އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 19 ޖަނަވަރީ 2025 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640072 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

12 ޖަނަވަރީ 2025 

12 ޖަނަވަރީ 2025
ހޯދާ