ދިވެހިރާއްޖެ
ރ.ހުޅުދުއްފާރު ބަނދަރު ސަރަޙައްދުން 5 ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ. މިކަމަށްޝަޢުޤުވެރިވާ ފަރާތްތަކުން، 2025 ޖެނުއަރީ 16 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު، [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް މެއިލްކުރެވޭނެއެވެ. އަދި ޕްރޮޕޯސަލް ހުށަހަޅުއްވާނީ 2025 ޖެނުއަރީ 29 ވާ ބުދަ ދުވަހުގެ 13:00ށް ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަކީ 18 އަހަރުންމަތީ ދިވެހިރާއްޖޭގެ ރައްޔިތެއް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ގާނޫނީ އިދާރާއެއް ނުވަތަ ޝަހުސެއް ކަމުގައިވުން.
- އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަކީ އިސްލާމްދީނާއި ނުވަތަ ދިވެހީރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފު ހަރަކާތްތަކެއް ހިންގުމުގެ ރެކޯޑް އޮތް ފަރާތަކަށް ވެގެން ނުވާނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަކީ މާލީ ހާލަތު ރަނގަޅު އަދި ކުލި ދެއްކުމުގެ ޤާބިލުކަން ހުރި ފަރާތްތަކަކަށްވާންޖެހެއެވެ.
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 2025 ޖެނުއަރީ 20 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ އަދި ބިޑް ފޮތް ބައްލަވައިގެންފައި ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބިޑްފޮތުގެ އަގަކީ 500.00 (ފަސްސަތޭކަ) ރުފިޔާއެވެ. ރެޖިސްޓަރ ކުރައްވާ ފަރާތްތަކަށް ބިޑް ގަތުމަށް އެދޭ ފޯމު ފޮނުވޭނެއެވެ. އަދި ފޯމު ފުރިހަމަކޮށް ފައިސާ ދެއްކި ރަސީދާއިއެކު ހުށައެޅުއްވުމުން ބިޑް ޑޮކިއުމަންޓް އެފަރާތަކަށް ފޯރުކޮށްދެވޭނެއެވެ. ރެޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީއެއް އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.