ދިވެހިރާއްޖެ
މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ އިޢުލާން ނަންބަރު: (IUL)MMPRC-HR/1/2025/4
ވަޒީފާގެ ފުރުޞަތު
|
|
މަޤާމުގެ ނަން: ސީނިއަރ މާކެޓިންގ އެގްޒެކެޓިވް |
- މުސާރަ (މަހަކު) : -/9,792 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް: -/3,427 ރުފިޔާ މަހަކު - ލިވިންގ އެލަވަންސް: -/2,938 ރުފިޔާ މަހަކު - ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް - ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު) - ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު) - ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު) - އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ |
ބޭނުންވާ އަދަދު: 1 |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ) ށ.ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 (އެޑްވާންސް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ) ނ. ޖީ.ސީ.އީ. އޯލެވެލް ފުރިހަމަކޮށް، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާ އަކުން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. 2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހ. ސުޕަރވައިޒަރުގެ ލަފަޔާ މަޝްވަރާގެ މަތިން، މާކެޓިންގ ސިޔާސަތުތަކާއި، މާކެޓިންގ ޕްލޭންތަށް އިވެލުއޭޓްކުރުމާއި، ޑޭޓާތައް އެނަލައިޒްކޮށް ފޯކާސްޓް ކުރުމާއި، މާކެޓިންގ ލަނޑުދަނޑިތައް ކަނޑައެޅުމާއި، މާކެޓިންގ ކަލަންޑަރު އަޕްޑޭޓް ކުރުމުގައި ސުޕަވައިޒަރަށް އެއްބާރުލުން ދިނުން. ށ. މާކެޓިންގ ކަލަންޑަރުގައި ހިމެނޭ ފެއަރ، ރޯޑްޝޯ، އެފްއޭއެމް ޓްރިޕްސް އަދި އެހެނިހެން ހަރަކާތްތައް ހަވާލުކުރެވިފައިވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުން. އެގޮތުން ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި އިވެނޤތައް ޝެޑިއުލްކޮށް މޮނިޓަރކުރުމާއި، އިވެންޓާ ގުޅޭ އިޝްތިހާރުތައް ކުރުމާއި، އަދި އެނުންވެސް އިވެންޓާ ގުޅުންހުރި މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުން. ނ. ކެމްޕެއިންގެ މަޤްޞަދުތަކާއި، ޓައިމްލައިންތަކާއި، އަދި ޑެލިވަރަބަލްސް ސްޓޭކްހޯލްޑަރުންނަށް ޙިއްސާކުރުން. ރ. މާކެޓިންގ ހަރަކާތްތަކަށް ބޭނުންވާ އެކި ކޮންޓެންޓް ތައްޔާރުކުރުމުގައި ބިނާކުރަނިވި ހިޔާލުތައް ދިނުމާއި ކްރިއޭޓިވް އައިޑިއާ ދީ ކޮންޓެންޓްތައް ތައްޔާރުކުރުމުގައި އަމަލީގޮތުން ބައިވެރިވެ ކޮންޓެންޓް ޓީމަށް އެހީތެރިކަން ދިނުން. ބ. ހަވާލުކުރެވިފައިވާ މާކެޓުގެ ބަދަލުވަމުންދާ ޓްރެންޑްތައް ދެނެގަނެ އިވެލުއޭޓްކޮށް އެކްސްޕޮޒަރ އިތުރުކުރުމަށް ހުރި ފުރުޝަތުތައް ދަނެގަތުން. ޅ. ދެމެހެއްޓެނިވި ގޮތެއްގައި މާކެޓިންގ ހަރަކާތްތައް އިވެލުއޭޓްކޮށް މޮނިޓަރކުރުމާއި، އަދި އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންކަން ދަނެގަނެ، ރަނގަޅު ކުރުމަށް ލަފާ ދީ ކަމާގުޅޭ ރިޕޯޓު އެކުލަވާލުން. ކ. ބައްދަލުވުންތަކުގައި ހަވާލުކުރެވޭ މަސައްކަތްތަކުގެ ތެރެއިން ނިންމަންޖެހޭ ނިންމުންތައް ލިޔެ، ފޮލޯއަޕް ކުރުން. އ. ހަވާލުކުރެވިފައިވާ މާކެޓްގެ ޕީ.އާރު ފާރމްތަކުގެ އެހީގައި ދިވެހިރާއްޖޭގެ މީޑިއާ ރިޕޯޓް ޝާއިޢުކުރާ އާޓިކަލްތައް މޮނިޓަރކޮށް މީޑިއާ ވެލިއު ރިޕޯޓްތައް ތައްޔާރުކުރުން. ވ. ހަވާލުކުރެވޭ މާކެޓްތަކަށް އަންނަ ބަދަލުތައް މޮނިޓަރކޮށް ދެނެގަނެ، އޭގެ މައްޗަށް ބިނާކޮށް ކުއާޓަރލީ ރިޕޯޓްތައް ތައްޔާރުކުރުން. މ. ޓުއަރ އޮޕަރޭޓަރުންނާއި މީޑިއާގެ ލިސްޓެއް/ޑޭޓާބޭސްއެއް އެކުލަވާލައި، އެ ލިސްޓް ގެ ޑައިރެކްޓްރީ އަކީ މިހާރު އަދި ކަނޑައެޅިފައިވާ މާކެޓުގައި ޞައްޙަ ޑިރެކްޓަރީއެއްކަން ކަށަވަރުކޮށްގެން ބެލެހެއްޓުން. ފ. ފޕީ.އާރު އެޖެންޓުންނާ ގުޅިގެން ފެމިލިއަރައިޒޭޝަން ޓްރިޕްތައް އިންތިޒާމުކުރުމުގައި މަސައްކަތްކުރުން، ކޮންސެޕްޓްތައް ހެދުން، ދަތުރުފަތުރާއި އެކޮމޮޑޭޝަން އިންތިޒާމްކުރުން، ވިސާގެ އިންތިޒާމް ހަމަޖެއްސުމަށް ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތްކުރުން، ހުއްދަ އާއި އެޕްރޫވަލް ހޯދުން، ބޭނުންވެއްޖެ ހިނދެއްގައި އިވެންޓްތަކުގައި ބައިވެރިވުން އަދި ޕޯސްޓް އިވެންޓް ރިޕޯރޓް ތައްޔާރުކުރުމާއި ފީޑްބެކް ދިނުން. ދ. ޕީ.އާރު އޭޖެންސީތަކުގެ މަސައްކަތް މޮނިޓަރކޮށް، ކޮންޓްރެކްޓްގެ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުމާއި، ބަދަލުވަމުންދާ ޓްރެންޑްތަކާއި ރިކުއަރމަންޓްތައް ދެނެގަތުމަށް ޓަކައި އެފަރާތްތަކުގެ ރިޕޯޓްތައް މުރާޖަޢާކޮށް، ބަދަލުވަމުންދާ ޓްރެންޑްތަކަށް އެޖަސްޓްވުމަށް ކުރެވިދާނެ ކަންތައް ބަލައި، ޕީ.އާރު ފާރމްތައް ރަނގަޅުކުރުމަށް ސުޕަވައިޒަރަށް ހުށަހެޅުން. ތ. ހަވާލުކުރެވިފައިވާ މާކެޓްތަކުގެ ޖާނަލްތަކާއި އެހެނިހެން ޑިޖިޓަލް އިޝްތިހާރުތަކުގައި ޝާއިޢުކުރެވޭ އިޝްތިހާރުތަކުގެ އަޕްޑޭޓެޑް ރިކޯޑް/ލިސްޓެއް ބެލެހެއްޓުން. ލ. އަހަރުގެ ބަޖެޓާއި، ރިޕޯޓާއި، އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމުގައި ސުޕަވައިޒަރަށް އެއްބާރުލުން ދިނުން. ގ. ބޭނުންވާ މިންވަރަށް މާކެޓިންގ އިނީޝިއޭޓިވްސް އަށް ލީޑަރަށް އެއްބާރުލުން ދިނުން. ޏ. ކޯޕަރޭޝަނުން ބާއްވާ އެކިއެކި އިވެންޓްތަކުގައި ބައިވެރިވުމާއި ކޯޕަރޭޝަންގެ މަސައްކަތްތަކާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން. |
|
3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 19 ޖެނުއަރީ 2025 ވާ އާދިއްތަ ދުވަހުގެ 15:15 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
4. ހުށައަޅަންޖެހޭ ލިޔުންތައް: ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން). ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ. ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ. ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް. |
|
5. އިތުރު މަޢުލޫމާތު: ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ. ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ. ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ. ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ. 6. އެޑްރެސް ކުރައްވާނީ: އިބްރާހީމް ސިއުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |