މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދި މެންގްރޫވް އައިލެންޑް ފުޓުބޯލް ޗެމްޕިއަންޝިޕް 2025

ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމު ކޮށްގެން 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުރިޔަށް ގެންދާ، ދި މެންގްރޫވް އައިލޭންޑް ޗެމްޕިއަންޝިޕް، 2025 ވަނަ އަހަރުގެ އޭޕްރިލް 20 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަ ޖެހިފައެވެ. މިމުބާރާތުގައި ރާއްޖޭގެ ހުރިހާ ހިސާބުތަކުގެ ޓީމްތަކަށްވެސް ބައިވެރިވެވޭނެއެވެ. ވީމާ، ޓީމް ރަޖިސްޓްރީ ކުރުމަށް 1 މާރިޗް 2025 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލަމެވެ. ޓީމް ރަޖިސްޓަރ ކުރުމަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ރަޖިސްޓްރޭޝަން ފުރިހަމަ ކުރެވޭނެއެވެ.
ރަޖިސްޓްރޭޝަން ފޯމް ލިންކް: https://forms.office.com/r/uMwErEyRK4
މި މުބާރާތުގެ ޤަވާއިދު އެކުލަވާލުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް، ޤަވާއިދު އާންމު ކުރެވިގެންދާނެއެވެ.
ދި މެންގްރޫވް އައިލޭންޑް ޗެމްޕިއަންޝިޕް 2025 ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށް ސްޕޮންސަރ ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ސްޕޮންސަރ ކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ކެނދިކުޅުދޫ ކައުންސިލްގެ ސްޕޯޓްސް މެއިލް ([email protected]) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯދުމަށާއި މަޢުލޫމާތު ޙިއްސާކުރުމަށް ރަސްމީ ގަޑީގައި 6560013 އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
12 ރަޖަބް 1446
12 ޖަނަވަރީ 2025

12 ޖަނަވަރީ 2025
ހޯދާ