އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
އދ. މަހިބަދޫ ރައްޔިތުންގެ ރުއްތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އދ. މަހިބަދޫ ރައްޔިތުންގެ ރުއްތައް (47 ރުށް) 02 އަހަރު ދުވަހު މުއްދަތަށް ބަލަހައްޓައިދޭނެ ފަރާރެއް ހޯދުމަށް އިޢުލާންކުރީމެވެ.

ވީމާ،  މި ރުއްތައް 02 އަހަރު ދުވަހު މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 ޖަނަވަރީ 16 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ކައުންސިލަށް  އަގު ހުށައެޅުމަށް ދަންނަވަމެވެ. އަގު ހުށައަޅުއްވާނީ މި ކައުންސިލްގެ އިދާރާއިން ދޫކުރާ އަގު ހުށައަޅާ ފޯމުގައެވެ. މި ފޯމު 12 ޖަނަވަރީ 2025 ވާ އާދީއްތަ ދުވަހުން ފެށިގެން މި ކައުންސިލްގެ އިދާރާގެ ކައުންޓަރ އިން ލިބެންހުންނާނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ.

12 ޖަނަވަރީ 2025
ހޯދާ