ދިވެހިރާއްޖެ
އިޢުލާން
ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު – ހއ.ކެލާ ޕިކްނިކް އޭރިއާ ސަރަޙައްދު ސާފުކޮށް، މަރާމާތުކޮށް ބެލެހެއްޓުން.
ހއ.ކެލާ ޕިކްނިކް އޭރިއާ ސަރަޙައްދު ސާފުކޮށް، މަރާމާތުކޮށް ބެލެހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ. ވީމާ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން
|
12 ޖަނަވަރީ 2025 އިން 16 ޖަނަވަރީ 2025 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:000 އިން މެންދުރު ފަހު 12:00 އަށް ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
16 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
ޕްރޮޕޯސަލް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
23 ޖެނުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
1- މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، ސަރުކާރު މުއަސައްސަސާ ތަކަށާއި، ޖަމިއްޔާ ޖަމާޢަތްތަކަށާއި، ޢާއްމު ފަރުދުންނަށެވެ.
2- ބީލަމުގައި ބައިވެރިވެވޭނީ ބީލަން ހުށަހެޅުމުގެ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
3- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / މިސްކިތް މަގު، ހއ.ކެލާ ، ދިވެހިރާއްޖެ އީމެއިލް: [email protected]
12 ޖަނަވަރީ 2025