ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ކުޑަހުވަދޫން 2000 (ދެހާސް) އަކަފޫޓްގެ 4ގޯތި ވިއްކުން

އިޢުލާން

ދ.ކުޑަހުވަދޫން 2000 (ދެހާސް) އަކަފޫޓްގެ 4ގޯތި ވިއްކުން:

     ދ.ކުޑަހުވަދޫ ލޭންޑްޔޫސް ޕްލޭންގައި ވިއްކުމަށް ކަނޑައަޅާފައިވާ ގޯތިތަކުގެ ތެރެއިން ބްލޮކް ނަންބަރު: F1-B10  އިން 2000 (ދެހާސް) އަކަފޫޓްގެ 4(ހަތަރެއް) ގޯތި ނީލަމުގައި ވިއްކުމަށް ކަނޑައަޅައި، ގޯތި ގަތުމަށް އެދޭފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ. އިޢުލާނާއެކު ނީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

1-

ނީލަމުގައި ރަޖިސްޓްރީވާނީ، ނީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމްގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު މި އިދާރާއަށް ހުށަހަޅައިގެންނެވެ.

2-

ނީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

3-

ނީލަމުގައި ރަޖިސްޓްރީ ވެވޭނީ، އެކަމަށް ކަނޑައަޅާފައިވާ ފީ ކަމުގައިވާ 500.00ރ (ފައްސަތޭކަ ރުފިޔާ) މިއިދާރާއަށް ދެއްކުމުންނެވެ.

4-

ނީލަމުގައި ރަޖިސްޓްރީ ކުރާނީ 2025 ޖަނަވަރީ 15 ވަނަ ދުވަހުން ފެށިގެން 2025 ޖަނަވަރީ 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށެވެ.

5-

ނީލަމުގައި ރަޖިސްޓްރީ ވުމަށް ހުށަހަޅާނީ މަތީގައި ދެންނެވިފައިވާ ތާރީޚްގައި ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 ން މެންދުރުފަހު 13:00 އާއި ހަމައަށެވެ.

6-

ނީލަމުގެ މުއްދަތު؛

-          ނީލަން ފަށާނީ 2025 ފެބްރުއަރީ 10 ވަނަ ދުވަހުއެވެ.

-          ނީލަން ބަންދުވާނީ 2025 ފެބްރުއަރީ 27 ވަނަ ދުވަހުއެވެ.

-          ނީލަމަށް އަގު ހުށަހަޅާނީ މަތީގައި ދެންނެވިފައިވާ ތާރީޚްގައި ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 ން މެންދުރުފަހު 13:00 އާއި ހަމައަށެވެ.

7-

ނީލަން ފޯމް ހުށަހަޅާނީ، އެކަމަށް ތައްޔާރު ކޮށްފައިވާ ފޯމުންނެވެ. އެކަމަށް އެދޭފޯމް 6 ގައި ބަޔާންކޮށްފައިވާ މުއްދަތުގައި މި އިދާރާއިން ރަޖިސްޓަރ ކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.

8-

ނީލަން ބަންދުވާ ތާރީޚްގެ  ފަހުން ޖެހިޖެހިގެން 3 ދުވަހު އެއް އަގެއް ހުށައަޅާފައި އޮވެއްޖެނަމަ، ނީލަން ބަންދުކުރެވޭނެއެވެ.

9-

ތިރީގައި މިދަންނަވާ ލިޔުންތައް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

1- ނީލަމާގުޅޭ މަޢުލޫމާތު ކަރުދާސް

2- ނީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް

3- ވިއްކުމަށް ކަނޑައަޅާފައިވާ 04 ގޯތި އެނގޭނޭ ޗާޓް

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

12 ރަޖަބު 1446

12 ޖަނަވަރީ 2025

12 ޖަނަވަރީ 2025
ހޯދާ