ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ފަހަރުގެ ޒޯން ބަދަލު ކުރުމާއި، ކަނޑު އުޅަނދު ރަޖިސްޓްރީ ކުރުމާއި ބެހޭ

އެއްގަމު އުޅަނދު ފަހަރުގެ ޒޯން ބަދަލު ކުރުމާއި، ކަނޑު އުޅަނދު ރަޖިސްޓްރީ ކުރުމާއި ބެހޭ:

ގއ.ކޮނޑޭ މިވަގުތު ބޭނުންކުރަމުންދާ އެއްގަމު އުޅަނދުފަހަރުތަކުގެ ތެރެއިން ކޮނޑޭ ހިމެނޭ  ޒޯން ކަމުގައިވާ (B) ޒޯން އަށް ރަޖިސްޓްރީ ބަދަލު ނުކޮށް ދުއްވަމުންދާ އެންމެހައި އުޅަނދުތައް, އެއްގަމު އުޅަނދު ދުއްވުމާއި ބެހޭ ގަވާއިދާއި އެއްގޮތަށް ރަޖިސްޓްރީ ކުރުމަށާއި، ރަޖިސްޓްރީ ނުކޮށް ދުއްވާ އެންމެހައި ކަނޑު އުޅަނދުތައް، ކަނޑުގައި ދުއްވާއުޅަނދުތައް ދުއްވުމާބެހޭ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން  ރަޖިސްޓްރީ ކުރުމަށް 12 ޖެނުއަރީ 2025 އިން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ދިނުމަށް ކައުންސިލްގެ 04 ވަނަ ދައުރުގެ 188 ވަނަ ބައްދަލުވުމުން ވަނީ ނިންމާފައެވެ.

އެހެންކަމުން  ޒޯން ބަދަލު ނުކޮށް ކޮނޑޭގައި ދުއްވާ އެއްގަމު އުޅަނދުތައް ޒޯން ބަދަލު ކުރުމަށާއި، ރަޖިސްޓްރީ ނުކޮށް ދުއްވާ ކަނޑު އުޅަނދު 12 ޖެނުއަރީ 2025 އިން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޒޯން ބަދަލުކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި މުއްދަތުގައި ގަވާއިދާއި އެއްގޮތަށް ޒޯން ބަދަލު ނުކުރާ އުޅަނދުތަކާއި، ރަޖިސްޓްރީ ނުކުރާ އުޅަނދުތަކާއި މެދު ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރިސްއަށް ފޮނުވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12 ޖަނަވަރީ 2025
ހޯދާ