ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް އިންޓަރގްރޭޓަޑް ހެލްތު އިންފޮމޭޝަން ސިސްޓަމް( މިހިސް)" ޕޯޓަލްގެ މައުލޫމާތާ ގުޅޭ "
ޞިއްޙީ ޚިދުމަތްތަކާއި ގުޅޭ މައުލޫމާތުތައް ބެލެހެއްޓުމުގެ ނިޒާމް "މޯލްޑިވްސް އިންޓަރގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް (މިހިސް)" ގައި ހިމެނޭ އާއްމު ފަރުދުންގެ މައުލޫމާތުތަކަށް އެފަރުދަކަށް އެކްސެސް ވެވޭނެ ޕޯޓަލްއެއް މިހާރު ވަނީ އާއްމު ކޮށްފައެވެ. މި ޕޯޓަލްއިން 1 ޖެނުއަރީ 2025 ވަނަ ދުވަހުން ފެށިގެން އުފަންވާ ކުދިންގެ ތިރީގައިވާ މައުލޫމާތުތައް ބެލެނިވެރިންނަށް ޕޯޓަލްއަށް އެންރޯލްކުރުކަށްފަހު ބެލެން ހުންނާނެއެވެ.
- ތުއްތު ކުދިންގެ ވެކްސިންގެ މައުލޫމާތު
- ހެދިބޮޑުވުމާއި ޑިވެލޮޕްމެންޓަލް މައިލްސްޓޯންސްގެ މައުލޫމާތު
- ވިޓަމިން އޭ ސަޕްލިމެންޓޭޝަންއާއި ފަނިބޭސް ދެވޭ ގޮތުގެ މައުލޫމާތު
މީގެ އިތުރުން، ޕްރައިމެރީ ހެލްތު ކެއަރ ނިޒާމުގެ ތެރެއިން މި ޙިދުމަތަށް ހާއްސަ ކުރެވިފައިވާ މޮޑިއުލް ތަންފީޒު ކުރަމުންދާ އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެފަރާތެއްގެ ގައިންގަޔަށް ނާރާ ބަލިތަކާއި އޭގެ ހިރާސްތަކުގެ މައުލޫމާތު މި ޕަބްލިކް ޕޯޓަލް އިން ބެލޭނެއެވެ.
މި ސިސްޓަމްގައި އަދާހަމަ ކުރެވޭ މައުލޫމާތުގެ މައްޗަށް ބަލައި ކުޑަދަރިފުޅަށް ވެކްސިން ދިނުމަށާއި ހެދިބޮޑުވުން ދެނެގަތުމަށް ހަނދާންކޮށްދިނުމުގެ އެސް.އެމް.އެސް ނޮޓިފިކޭޝަން ބެލެނިވެރިންނަށް ލިބޭނެއެވެ. އަދި މީގެ އިތުރުން ޕްރައިމެރީ ހެލްތްކެއަރ ރެޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް ފޮލޯއަޕް ހެދުމަށް ހަނދާންކޮށްދިނުމުގެ އެސް.އެމް.އެސް ނޮޓިފިކޭޝަން މި ޕޯޓަލް މެދުވެރިކޮށް އެފަރާތަކަށް ލިބޭނެއެވެ.
"މިހިސް" ޕަބްލިކް ޕޯޓަލް އަށް އެކްސެސް ވެވޭނެ URL އަކީ https://mihis.health.gov.mv އެވެ. އަދި ޕޯޓަލްގައި ހިމެނޭ މަޢުލޫމާތުގައި އެއްވެސް މައްސަލައެއް ފާހަގަ ވާނަމަ "ސަޕޯޓް ޓިކެޓް" ޓެބްގައިވާ "ސަޕޯޓް ރިކުއެސްޓް" ފޯމުގައި ބަޔާންކޮށްފައިވާ ބައިތައް ފުރިހަމަ ކުރުމަށްފަހު ސްކްރީން ޝޮޓާއެކު ހުށަހެޅުއްވުން އެދެމެވެ. އަދި މި ޕޯޓަލްއަށް އެކްސެސް ވުމަށް އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޔޫސަރ މެނުއަލް ބައްލަވާލެއްވުން އެދެމެވެ.