ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ދާއިރާ:

ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

06

މުސާރަ:

-/8,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ނުވަތަ؛

  • އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއަކުން ލެވެލް 04 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ލޯޑު ޑިސްޕެޗް ސެންޓަރުގައި ޝިފްޓް ޑިއުޓީ ކުރުމާއި ދިމާވާ ކަންކަމުގައި ސުޕަވައިޒަރުގެ ލަފާގެ މަތިން ޕަވަރ ހައުސްތަކާއި ގުޅިގެން ހައްލު ކުރުން.
  • ޓްރާންސްމިޝަން ސިސްޓަމްގެ މެއިންޓަނަންސް މަސައްކަތް ކުރުން
  • ޑިއުޓީ ކުރުމާއި ޑިއުޓީގައި ދިމާވަ ހުރިހާ އިލެކްޓްރިކަލް މައްސަލަތައް ސުޕަވައިޒަރުންގެ އިރުޝާދުގެ މަތިން ރަނގަޅު ކުރުން.
  • ޑިސްޓްރިބިއުޝަން ވިއުގައި ދިމާވާ އިލެކްޓްރިކަލް މައްސަލަތައް ސުޕަވައިޒަރުންގެ އިރުޝާދުގެ މަތިން ރަނގަޅު ކުރުން.
  • އެމްވީ ކޭބަލް އަދި އެލްވީ ކޭބަލް ޖޮއިންޓް ކުރުމާއި ކުރަންޖެހޭ ޓެސްޓްތައް ސުޕަވައިޒަރުގެ އިރުޝާދުގެ މަތިން ކުރުން.
  • އެއްވެސް ސަބަބަކާހުރެ މާލެއިން ކަރަންޓްކެނޑިއްޖެނަމަ އެނގުނުހާ އަވަހަކަށް އޮފީހައް ޙާޟިރުވެ ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • އެނަރޖީ މީޓަރު، އީ.އެލް.ސީ.ބީ. ފަދަ ޓެސްކުރަން ޖެހޭ ތަކެތި ހެދިފައިވައި އެސް. އޯ. ޕީ. ތަކާއި އެއްގޮތަށް ހަދަންޖެހޭ ޓެސްޓްތައް ހެދުން.
  • ސަބްސްޓޭޝަންސް ތަކުގައި ކުރަންޖެހޭ މެއިންޓަނެންސް މަސައްކަތް ކުރުން
  • ޓްރާންސްފޯމަރުތަކުގެ ލޯޑްނެގުން.
  • ކަސްޓަމަރުންނަށް ކަރަންޓު ފޯރުކޮށްދިނުމައްޓަކައި ކުރަން ޖެހޭ އެންމެހައި މަސައްކަތްތަށް ކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

16 ޖަނަވަރީ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 16 ޖަނަވަރީ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިންގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.

12 ރަޖަބް 1446

12 ޖަނަވަރީ 2025

12 ޖަނަވަރީ 2025
ހޯދާ