ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ޙިފްޡުކޮށް ތަރާވީސް ނަމާދު ކޮށްދޭނެ ފަރާތެއް ހޯދުމަށް

               1446 ވަނައަހަރު މިރަށު ހުކުރު މިސްކިތް (މަސްޖިދުލް ތަޢާވުން)ގައި އިމާމުވެ  ޙިފްޡުކޮށް  ތަރާވީސް ނަމާދު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ.  މިކަމުގެ އުޖޫރައެއްގެ ގޮތުގައި ތަރާވީސް ނަމާދުކުރާ ކޮންމެ ރެއަކަށް -/400 ރުފިޔާ ލިބިލައްވާނެވެ. މިކަމަށް ހޮވޭ ފަރާތަކަށް ރަށަށް އައުމާއި ދިޔުމުގެ ދަތުރު ޚަރަދު ހަމަޖައްސައި ދެވޭނެވެ. އަދި ރަށުން ބޭރުގެ ފަރާތެއްނަމަ ކެއުމާއި ހުރުމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެވެ. ތަރާވީސް ނަމާދު ކުރާނެ އިމާމަކު ހޮވުމުގައި ބަލާނީ ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް އަދި ޤުރުއާން ކިޔެވުމުގެ ފަންނަށެވެ.  

             ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން، ސިޓީ އާއިއެކު ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަނަވަރު 23 ޖަނަވަރީ 2025 ވާ (ބުރާސްފަތި) ދުވަހުގެ 12:00 ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މިއިދާރާ ހުޅުވިފައި ހުންނާނީ ހުކުރު، ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށެވެ.   އަދި ތަރާވީސް ނަމާދު އިމާމުވެ ކޮށްދިނުމަށް އެދި  އެއްފަރާތެއް ވުރެން ގިނަ ފަރާތްތަކުން ކުރިމަތިލީ ނަމަ، މީހަކު ހޮވާނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި، އިމްތިޙާނުކުރުން އޮންނާނީ        26 ޖަނަވަރީ 2025 އިން، 30 ޖަނަވަރީ 2025 އާއި ދެމެދުއެވެ.   

              މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާންކުރީމެވެ.

12 ޖަނަވަރީ 2025
ހޯދާ