އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2025 - ވ.ފެލިދޫ

 (IUL)38-AC/38/2025/24:ނަންބަރު

އިޢުލާން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2025

މި ކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2024/499 : އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

2025 ފެބްރުވަރީ 08 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ވ.ފެލިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށެވެ.

ފުރިހަމަ ނަން

ދާއިމީ އެޑްރެސް

ކުރިމަތިލާފައިވާ ޙައިޘިއްޔަތު

އަލްމާ ޢަބްދުލްޢަލީމް

މިރިހިމާގެ / ވ. ފެލިދޫ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ނާދިޔާ ރިޟާ

ގޯލްޑަންލައިޓް / ވ. ފެލިދޫ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ވީމާ، ގަވާއިދު ނަންބަރު 2020/R-7 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އަލްމާ ޢަބްދުލްޢަލީމް އަދި ނާދިޔާ ރިޟާ، ވ. ފެލިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

09 ޖަނަވަރީ 2025
ހޯދާ