ދިވެހިރާއްޖެ
(IUL)38-AC/38/2025/15: ނަންބަރު
އިޢުލާން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2025
މި ކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2024/499 : އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
2025 ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ބ. ހިތާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށެވެ.
ފުރިހަމަ ނަން |
ދާއިމީ އެޑްރެސް |
ކުރިމަތިލާފައިވާ ޙައިޘިއްޔަތު |
ރައޫފާ ޙުސައިން |
ނިޔަދުރުމާގެ / ބ. ހިތާދޫ |
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް |
ވީމާ، ގަވާއިދު ނަންބަރު 2020/R-7 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައޫފާ ޙުސައިން، ބ. ހިތާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.