ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ސާރވާ ސަޕްލައިކޮށް، އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން.

މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ސާރވާ ސަޕްލައިކޮށް، އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނެކެވެ. ގެޒެޓް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްކަރުދާސް ކުރެވިފައިވާ އެނެކްސް 1 ގައި ބަޔާންކޮށްފައި އެވަނީ މި ހޮސްޕިޓަލަށް ސަޕްލައިކޮށް، އިންސްޓޯލް ކުރުމަށް ބޭނުންވާ ސާރވާގެ ސްޕެސިފިކޭޝަންއެވެ.

ވީމާ، މި ސާރވާ ސަޕްލައިކޮށް އިންސްޓޯލްކޮށް ދިނުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ރެޖިސްޓްރޭޝަން ލިންކް  https://forms.gle/16HF7oLYKhqDjbP57  9 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 20 ޖަނަވަރީ 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.
  3. ފޯމު ފުރުމުން ކޮންފޮމޭޝަން މެސެޖް އީ-މެއިލްގެ ޒަރީއާއިން ލިބި ނުލައްވާނަމަ ރަސްމީ ގަޑީގައި މި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ނަންބަރު 6524029 އަށް ގުޅުއްވައި އެކަން އެންގުމަށްވެސް ދެންނެވީމެވެ.
  4. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާ ނަމަ 12 ޖަނަވަރީ 2025 ވާ އާދިއްތަ ދުވަހުން ފެށިގެން 21 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދެންނެވިފައިވާ އީ-މެއިލް އަށް ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު ފޮނުއްވުން އެދެމެވެ. އަދި އީ-މެއިލް ފޮނުވުމަށްފަހު މެއިލް ލިބުނުކަން ޔަޤީން ކުރެއްވުމަކީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތުގެ ޒިންމާއެކެވެ.
  5. މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހާއި، މި ބީލަމާއި ގުޅުންހުރި ލިޔެކިޔުންތައް ގެޒެޓްގައި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
  6. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

ބީލަން ހުށަހެޅުން

  • ތަން: އަލިމަސް މާލަން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)          
  • ތާރީޚް: 23 ޖަނަވަރީ 2025 (ބުރާސްފަތި)
  • ގަޑި: 11:00 ގައި
09 ޖަނަވަރީ 2025
ހޯދާ