ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާ ތޮށިމަތި ދަނޑުބިމުގެ ސަރަހައްދުން ފަތްކެޔޮ ހެއްދުމަށް ހަމަޖެހިފައިވާ ކުލީ ބިން ދޫކުރުމާއިގުޅޭ

                                  އިޢުލާން

ހއ.ކެލާ ތޮށިމަތި ދަނޑުބިމުގެ ސަރަހައްދުން ފަތްކެޔޮ ހެއްދުމަށް ހަމަޖެހިފައިވާ ކުލީ ބިން ދޫކުރުމާއިގުޅޭ

          ހއ.ކެލާ ތޮށިމަތި ދަނޑުބިމުގެ ސަރަހައްދުން ފަތްކެޔޮ ހެއްދުމަށް ދޫކުރާ ކުލީބިން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ނަންނޯޓު ކުރުމުގެ ފުރުޞަތު 12 ޖެނުއަރީ 2025 ވަނަ ދުވަހުން ފެށިގެން ހުޅުވާލަމެވެ.

ރަޖިސްޓްރީވުމަށް ނަން ނޯޓުކުރުން

12 ޖެނުއަރީ 2025 އިން 21 ޖެނުއަރީ 2025 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރު ފަހު 12:00 އަށް ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ދުރުވެ ނަން ނޯޓުކުރުން އެދެމެވެ. ނަން ނޯޓުކުރެއްވުމަށް ދުރުވާއިރު، މުއްދަތު ހަމަނުވާ  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

23 ޖަނުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކެލާ ލިލީ ޕްރީ ސުކޫލުގައެވެ.

ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

04 ފެބުރުއަރީ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކެލާ ލިލީ ޕްރީ ސުކޫލުގައެވެ.

 

1-      ފަތްކެޔޮ ހެއްދުމަށް ދޫކުރާ ކުލީބިން ދޫކުރުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކެލާ ކައުންސިލު ނަންބަރު (PP)249-M/2024/3 (ހއ.ކެލާ ދަނޑުބިމުގެ ސަރަހައްދުން އަލަކޯރު ކޮނުމަށް ބިން ދޫކުރުމާއި ފަތްކެޔޮ އިންދާ ހެއްދުން އަދި ދަނޑުވެރިކަން ކުރުމަށްޓަކައި ދިގުމުއްދަތައް ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލް ) (02 ވަނަ އިސްލާޙް) އުޞޫލުގައި ބަޔާން ކޮށްފައިވާ ޝަރުތު ފުރިހަމަވާ ފަރާތްތަކަށެވެ.

2-      ބީލަމުގައި ބައިވެރިވެވޭނީ ބީލަން ހުށަހެޅުމުގެ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

3-      އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / މިސްކިތް މަގު، ހއ.ކެލާ ، ދިވެހިރާއްޖެ އީމެއިލް: [email protected]

       އަދި ކުއްޔަށް ދޫކުރެވޭ ބިންތަކުގެ ކުރެހުމަކާއި މިންތައް މި އިޢުލާނާއި އެކު އެއްކަރުދާސްކުރީމެވެ.

                       09 ރަޖަބް 1446

                       09 ޖެނުއަރީ 2025

09 ޖަނަވަރީ 2025
ހޯދާ