ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާ ދަނޑުބިމުގެ ސަރަހައްދުން އަލަ ކޯރު ކޮނުމަށް ބިން ދޫކުރުމާއި ފަތްކެޔޮ އިންދާ ހެއްދުން އަދި ދަނޑުވެރިކަން ކުރުމައްޓަކައި ދިގުމުއްދަތައް ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލް (02 ވަނަ އިސްލާޙް)

    08 ޖެނުއަރީ 2025 ގައި ބޭއްވުނު ކެލާ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 165 ވަނަ ޢާއްމު ޖަލްސާއިން "ހއ. ކެލާ ދަނޑުބިމުގެ ސަރަހައްދުން އަލަ ކޯރު ކޮނުމަށް ބިން ދޫކުރުމާއި ފަތްކެޔޮ އިންދާ ހެއްދުން އަދި ދަނޑުވެރިކަން ކުރުމައްޓަކައި ދިގުމުއްދަތައް ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލް (PP)249-M/249/2024/3 -  އިސްލާޙު 2" ގެނެސް ވަނީ ފާސްކޮށްފައެވެ.

 

   ހއ. ކެލާ ދަނޑުބިމުގެ ސަރަހައްދުން އަލަ ކޯރު ކޮނުމަށް ބިން ދޫކުރުމާއި ފަތްކެޔޮ އިންދާ ހެއްދުން އަދި ދަނޑުވެރިކަން ކުރުމައްޓަކައި ދިގުމުއްދަތައް ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލް (PP)249-M/249/2024/3 އަށް އަންނަނިވި އިސްލާޙު ގެނައުން.

1. ބުނެވިދިޔަ އުޞޫލްގެ 10.1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙު ކުރުން

    "10.1 - (ހ) ފަތްކެޔޮ އިންދުމަށް އެދި ފޯމު ހުށަހަޅާ ފަރާތަކީ ކެލާގެ ރަށްވެއްސަކަށްވުމާއި އަދި އުމުރުން 18 އަހަރު ފުރިފައިވާ ފަރާތަކަށް ވާންވާނެއެވެ. "

2. ބުނެވިދިޔަ އުޞޫލްގެ 10.1 ވަނަ މާއްދާގެ (ށ) އުނިކޮށް އަކުރުތައް ތަރުތީބު ކުރުން.

 

   ވީމާ، މިކަން އާންމު ކުރުމުގެ ގޮތުން އާންމުކޮށް އިޢުލާން ކުރީމެވެ.

08 ޖަނަވަރީ 2025
ހޯދާ