ދިވެހިރާއްޖެ
ނަންބަރ: (IUL)MMPRC-PROC/1/2025/1
އިޢުލާން
މި ކޯޕަރޭޝަނުން މިއަހަރު ބޭއްވުމަށް ރާވައިފައިވާ "އެޕޯސް މޯލްޑިވްސް 2025" ހޯސްޓް ކުރާނެ ޕްރޮޕަޓީއެއް ހޯދަން ބޭނުންވެގެން ކުރެވުނު އިއުލާން ނަންބަރު (IUL)MMPRC-PROC/1/2024/63 ބާތިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި ކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޖަނަވަރީ 16 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް، ހ. ޒޮނޭރިޔާގެ، 4 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2025 ޖަނަވަރީ 28 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން އަންދާސީ ހިސާބް ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
08 ރަޖަބް 1447
08 ޖަނަވަރީ 2025