ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމުގެ ގިންތި

ދާއިމީ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ

5610.00 ރުފިޔާ

ސަރވިސް އެލަވަންސް

2000.00 ރުފިޔާ (މަހަކު)

ވަޒީފާ އަދާކުރަންޖެހޭ ރަށާއި ތަން

ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ    

ޔުނިޓް:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް   

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

އެމް. އެސް. 1

ޝަރުޠު/ ތަޢުލީމީ ފެންވަރު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖޭ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެދަށުން ކުރަންޖެހޭ ތިރީގައިމިވާ މަސައްކަތްތައް، ކައުންސިލާއި ސެކްޝަނުގެ ވެރިޔާ ނުވަތަ ޒިންމާދާރު ވެރިޔާގެ މަޝްވާރާއާއި ލަފާގެމަތިން ރާވައި ހިންގައި ބެލެހެއްޓުން.
  • ރަށުގެ މަގު ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ރަށުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރާއި، ކުނި ނައްތައިލުމުގެ ނިޒާމާއި، ތިމާވެށި ޙިމާޔަތްކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  • ރަށުގެ ބަނދަރުގެ ކަންތައްތައް ބެލެހެއްޓުމާއި، ފެރީ ދަތުރުފަތުރުގެ ކަންތައްތައް،ކުރުން.
  • ފެނާއި، ނަރުދަމާއާއި، ކަރަންޓް ފަދަ ޚިދުމަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  • ރަށުގެ އިޖުތިމާޢީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ ޢާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި، ކުޅިވަރުގެ ވަޞީލަތްތަކާއި ޢާންމު ޕާކުތަކާއި މުނިފޫހިފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  • އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނާ ޚިލާފަށް ހިންގަމުންދާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅުއެޅުމާއި، އެފަދަ ޢަމަލުތަކާ ގުޅިގެން އަނިޔާލިބޭ ފަރާތްތަކަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މުސްކުޅިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދިނުމާއި، އެފަދަ މީހުންގެ ކަންތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  • ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެމަތިންނާއި، ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ތަޢާރަޒުނުވާގޮތުގެމަތިން، ރަށުގެ ބިން ދޫކުރުމާއި، ބިމާއި ޢިމާރާތާއި ގޯތިތައް ރަޖިސްޓްރީކުރުމާއި، ރަޖިސްޓްރީ ހެދުމާއި ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން ރަށުގައި ޢިމާރާތްކުރުމުގެ ކަންތައްތައް ބަލަހައްޓައި، އެކިފަރާތްތަކުން ރަށުގެ ބިމާބެހޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑްތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުނާއި މިނޫންވެސް ޤާނޫނުތަކުގައިވާގޮތުގެމަތިން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  • ރަށުގެ ބިމުގެ ދަފުތަރު އެކުލަވައި، އެ ދަފުތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި، ދައުލަތުގެ ކަމާބެހޭ އިދާރާއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  • ރަށުގެ ޤަބުރުސްތާނު ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  • ރަށުގެ މަގުތަކާއި އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި، ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  • ރޭގަނޑު ރަށުގެ މަގުމަތި ދިއްލުމަށް ބޭނުންވާ އެންމެހައި ވަޞީލަތަތައް ހޯދައި، އެ މަސައްކަތް ކުރެވޭނެ އިންތިޒާމް ރާވައި ހިންގައި ބެލެހެއްޓުން.
  • ރަށުގައި މަދިރި އާލާވާ ތަންތަން ނައްތައިލުމުގެ މަސައްކަތްކުރުމާއި، މަދިރި ކޮންޓްރޯލްކުރުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  • ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައްޔާއި ހާދިސާތަކުގައި އެހީތެރިކަން ފޫރުކޮށްދޭވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތާއި، އެފަދަ ޙާލަތްތަކުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  • މަގުމަތީގައި މީހުން ހިނގައި އުޅުމާއި، މަގުމަތީގައި އިންޖީނުލީ އެއްޗިއްސާއި އިންޖީނު ނުލާ އެއްޗެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން އިންތިޒާމްކޮށް ބެލެހެއްޓުމާއި، ޢާންމުންގެ އަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  • އިސްވެ ބަޔާންވެދިޔަ ހުރިހާ ކަންކަމާ ގުޅޭގޮތުން ލިޔެ ތައްޔާރުކުރަންޔެޖެހޭ ސިޓީ، މެސެޖް، ރިޕޯޓުތައް ލިޔެ ތައްޔާރުކޮށް، ސެކްޝަން ހެޑް ނުވަތަ ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެމަތިން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • އިސްވެ ބަޔާންވެދިޔަ ހުރިހާ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ދުވަހުންދުވަހަށް ފައިލްކޮށް، ފަސޭހައިން ފެންނަގޮތަށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި އެ މުވަޒަފަކު ކުރަމުންގެންދިޔަ މަސައްކަތް ވަގުތީގޮތުން ހަވާލުކޮށްފި ހިނދެއްގައި އެ މަސައްކަތްތައް ކުރުން.
  • ކައުންސިލްގެ އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލުވެގެން ކުރަންޖެހޭ ކަންތައްތަކާއި، ދިމާވާ މުހިންމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރަމުންދާ އިދާރާއަކުން ދޫކޮށްފައިވާ ލިއުން.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓްކޮށް، އެކްރެޑިޓްކުރެވިފައި)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާއެކު، ކޮޕީ އެޓެސްޓްކޮށް، އެކްރެޑިޓްކުރެވިފައި)
  • ދިވެހި ރއްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އެޓެސްޓްކޮށް، އެކްރެޑިޓްކުރެވިފައި)

 ސުންގަޑި:

 2015 ޖުލައި 28 ވާ އަންގާރަ ދުވަހުގެ 14:00

އިންޓަވިއު އޮންނާނެ ތާރީޚު:

މި މަޤާމަށް އެދޭ ފަރާތްތައް އިންޓަވިއު ކުރުން އޮންނާނީ، 05 އޮގަސްޓް 2015 އާއި 20 އޮގަސްޓް 2015 އާ ދެމެދު ކޮލަމާފުށީ ކައުންސިލް އިދާރާގައެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6820017 ނަންބަރު ފޯނަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

22 ރަމަޟާން 1436

09 ޖުލައި 2015
ހޯދާ