މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Chinese Government Scholarship 2025/2026

 

Chinese Government Scholarship 2025/2026

 

 

ޗައިނާގެ ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ ޗައިނީޒް ގަވަރމެނޓް ސްކޮލަޝިޕް ޕްރޮގްރާމް 2025/2026 ގެ 3 ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. މި ފުރުޞަތު ލިބިފައިވާ ދާއިރާ ތަކަކީ:

- ބެޗްލަރސް ޑްގްރީ (1 ފުރުޞަތު)

- މާސްޓަރސް ޑިގްރީ (1 ފުރުޞަތު)

- ޕީ.އެޗް.ޑީ (1 ފުރުޞަތު)

މިސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަޝިޕް ދޭ ފަރާތުންނެވެ. އަދި މިސްކޮލަރޝިޕަށް ހޮވޭ ކެންޑިޑޭޓުންނަށް ލިބޭ ޚަރަދު ތަކުގެ ތަފްޞީލް ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.

 

މިސްކޮލަރޝިޕާއި ބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު، ތިރީގައިވާ ލިންކް އިން ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނުގައިވާ ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 15 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަހުގެ ކުރިން https://studyinchina.csc.edu.cn/?S8cMF5lUCwGD=1736314070842#/login)) މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރާ އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތައް ހުށަހަޅަންވާނެއެވެ.

 

website:

https://www.campuschina.org/content/details3_74776.html

https://www.campuschina.org/

 

....................................................................................................................................................................

* މިޕްރޮގްރާމްތަކަށް އެދޭ ފަރާތްތަކުން، ޕްރޮގްރާމް ފުރިހަމަކުރަން ފެށުމުގެ ކުރިން އެ ޕްރޮގްރާމެއް ހިންގާ ޔުނިވަރސިޓީ/ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، އެ ޕްރޮގްރާމަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރަން ވާނެއެވެ.

 

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ޕްރޮގްރާމް ހެދުމަށް ހޮވޭ ފަރާތްތަކުން، އެ ޕްރޮގްރާމެއް ފުރިހަމަކުރަން ފެށުމުގެ ކުރިން، ކަމާބެހޭ އިދާރާއަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ ތަންތަނުން) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ، އެ އިދާރާއަކުން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރަން ވާނެއެވެ.

08 ޖަނަވަރީ 2025
ހޯދާ