ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ގަތުމަށް

އިޢުލާން

ނިލަންދޫ ރައްޔިތުންގެ މުވައްސަސާތަކުގައި ބޭނުންކުރުމަށްޓަކައި ތިރީގައި މިދަންނަވާ ތަކެތި ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

01 ޕިކަޕް ( 02 ޓަނުގެ ) މުޅިން އާ  

ވީމާ، ޕިކަޕް ވިއްކުމުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ނިލަންދޫ ކައުންސިލުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 2015 ޖުލައި 20 އިން ފެށިގެން 23 ވަނަ ދުވަހުގެ 02:00 އަށް ނިޔަލަށް ނިލަންދޫ ކައުންސިލަށް ދުރުވުމުން ނުވަތަ ރަސްމީ ގަޑީގައި ނިލަންދޫ ކައުންސިލްގެ ނަންބަރު: 6740016 ފޯނާ ގުޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ދޭ ތާރީޚުން ފެށިގެން 2015 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ 11:00 އާ ހަމައަށް ކޯޓޭޝަންތައް ބަލައިގަނެވޭނެއެވެ. އޭގެ ފަހުން ހުށަހަޅާ ކޯޓޭޝަންތައް  ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ކޯޓޭޝަންތައް ހުށަހަޅުއްވާނީ ފެކްސް، މެއިލް، އަދި މި އިދާރާއަށް ހާޒިރުވެ ލިޔުމުންނެވެ. މިއިދާރާގެ އީ މެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަންބަރަކީ 6740598 އެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

26 ރަމަޟާން 1436

13 ޖުލައި 2015
ހޯދާ