މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.                      

މަޤާމުގެ ނަން:

މަސައްކަތު

މަޤާމުގެ ގިންތި:

ދާއިމީ

ރޭންކް:

އެސް. އެސް. 1 (ސަޕޯޓް ސަރވިސް 1)  

ކްލެސިފިކޭޝަން: 

ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް/އިދާރާ:

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ

ޔުނިޓް:

އިކޮނޮމިކް، ސޯޝަލް  އެންޑް މުނިސިޕަލް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަސްޖިދުއްސަމާހާ (ހުކުރު މިސްކިތް)

މުސާރަ:

3000.00 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ (މަހަކު)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާއާއި،   ސިވިލް ސަރވިސްގެ ގަވާއިދުގައި މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ އިތުރު ޢިނާޔަތްތައް ލިބިދެވޭ އުސޫލުން ހަމަޖެހޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

 

 

 

 

 

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް، ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި، އިމާމް/ މުދިމު އަންގާގޮތެއްގެމަތިން ކޮންމެ ދުވަހަކުވެސް މިސްކިތް ސާފުކޮށް ބެލެހެއްޓުން.
  • ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތިން ކޮންމެ ދުވަހަކުވެސް މިސްކިތް ފޮޅައި ސާފުކުރުމާއި، ފާޚާނާއާއި އިސްކޫރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފްކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން އޮންނަ މަގުގެ މިސްކިތާވީފަޅިން ވިނަނޮޅުމާއި، ކުނިކަހައި ކުނި އުކާލުމުގެ މަސައްކަތް ކުރުން.
  • މިސްކިތުގެ ވަޅު ހަޑިވިޔަ ނުދީ ވަޅުދިޔަހިއްކައި ސާފުކުރުން.
  • އިމާމް/ މުދިމް އަންގާގޮތެއްގެމަތިން، ބިއްލޫރި ދޮރުތަކާއި ފަންކާއާއި، ބޮކިފަދަ ތަކެތި ފޮޅައި ސާފުކުރުމާއި، ހޮޅިބުރިއާއި ފަންކާފަދަ ތަކެތި ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތިން ދިއްލައި ނިއްވުން.
  • މިސްކިތަށް ލިބެމުންދާ ގެއްލުންތައް އިމާމް/ މުދިމަށާއި ކައުންސިލް އިދާރާއަށް ދުވަހުން ދުވަހަށް އެންގުން.
  • ކައުންސިލް އިދާރާއާއި އިމާމް/ މުދިމް އަންގާގޮތެއްގެމަތިން މިސްކިތުގެ ގޯތިތެރޭގައި ގަސް ހެއްދުމާއި، ގަސްކޮށައި، ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  • ރަށުގެ އިޖުތިމާޢީ ކަންކަމުގެގޮތުގައި ކައުންސިލުން ކުރާ މަސައްކަތްތަކުގައި ބައިވެރިވުމަށް އެދިއްޖެނަމަ، އެކަމަކަށް އެހީތެރިވެދިނުން.
  • މީގެ އިތުރުން، ޤާނޫނާއި ގަވާއިދާ ޚިލާފުނުވާ އަދި ވަޒިފާއާ ގުޅޭގޮތުން ކައުންސިލް އިދާރާއިން އަންގާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ވަޒީފާގެ ޝަރުޠު (ކަނޑައެޅިފައިވާ އިންސައްތަ: % 12 )
  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %26)
  • މަސައްކަތު ތަޖުރިބާ: (ކަނޑައެލިފައިވާ އިންސައްތަ:% 14 )
  • ލިބިފައިވާ ހުނަރު: (ކަނޑައެޅިފައިވާ އިންސައްތަ: %48)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2015 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު، ރ. ވާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކެއްގެ ކޮޕީ.
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަސައްކަތުގެ  ތަޖުރިބާ  ދެނެގަތުމަށް،  މަސައްކަތްކޮށްފައިވާ  އިދާރާތަކުން  ދޫކޮށްފައިވާ  ލިޔުންތަކުގެ  ކޮޕީ. (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއްކަމުގައިވާނަމަ، ވަޒީފާ އާދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
  • ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580074 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580074 އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

25 ރަމަޟާން 1436

12 ޖުލައި 2015
ހޯދާ